5 މީހުން ހައްޔަރުކޮށް, 9 ގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފި
މައްސަލައިގައި ހައްޔަރުކުރި 5 މީހުން

5 މީހުން ހައްޔަރުކޮށް, 9 ގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފި

2 days ago - 12:17
Jun 3, 2025 - 12:20
Advertisement
Advertisement

އދ.މާމިގިލި ގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 5 މީހުން ހައްޔަރުކޮށް, 9 ގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

އިއްޔެ އދ.އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ހަތް މީހުންނަކީ އދ. މާމިގިލި/ ރީފްސައިޑް، ރިސްވާން އިބްރާހިމް (30އ) އާއި އދ. މާމިގިލި / ވިލެޖް، އަޙްމަދު ފިރުޝާން (28އ) އާއި އދ. މާމިގިލި / ރޯޅި، މުޙައްމަދު ޝަހުދު (27އ) އާއި އދ. މާމިގިލި / ކުވައިތު، މުޙައްމަދު މަޙްމޫދު (34އ) އަދި އދ. މާމިގިލި / އެވަރެސްޓް، ޢަލީ ޝާނީޒް (39އ) އެވެ

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި އެ ފަސް މީހުން ހައްޔަރުކޮށް އެމީހުންނާ ގުޅިގެން 7 ތަނެއް ބަލައިފާސްކުރިއިރު، 9.68 ގްރާމްގެ މަސްތުވާތަކެތި ފެނުނު ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރިސްވާން އިބްރާހިމް އާއި   މުޙައްމަދު މަޙްމޫދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެއެވެ. އަދި އަޙްމަދު ފިރުޝާން އާއި މުޙައްމަދު ޝަހުދުގެ އިތުރުން ޢަލީ ޝާނީޒް ބަންދުގައި ބެހެއްޓުމަށް ކޯޓުން ދިނީ 5 ދުވަހެވެ.

 މި މައްސަލަ ތަހުގީގު ކުރަނީ އދ. މާމިގިލި ޕޮލިސް ސްޓޭޝަނުންނެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement