ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ ދީނަށްޓަކައި ޤުރުބާންވުމުގެ މަތިވެރިކަން: ހުކުރު ޚުޠުބާ

ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ ދީނަށްޓަކައި ޤުރުބާންވުމުގެ މަތިވެރިކަން: ހުކުރު ޚުޠުބާ

3 months ago - 17:12
Advertisement

ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ ދީނަށްޓަކައި ޤުރުބާންވުމުގެ މަތިވެރި ފިލާވަޅު ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅު ވެއްޖެ އެވެ.

މިއަދުގެ ޚުތުބާ ޚާއްސަކޮށްފައިވަނީ ހިޖުރައިގެ ދަރުސްތަކުގެ ތެރެއިން ލިބޭ ފިލާވަޅުތަކުގެ މައްޗަށެވެ. އެގޮތުން ހުކުރު ޚުޠުބާގައި ވިދާޅުވީ، ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު އެތައް ޢިބުރަތްތަކަކާއި ދަރުސްތަކެއްވާ ކަމަށާއި ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ ދީނަށްޓަކައި ޤުރުބާންވުމުގެ މަތިވެރި ފިލާވަޅު ކަމަށެވެ. މީގެއިތުރުން ވެސް ހިޖުރައިން ތަފާތު ފިލާވަޅުތައް ލިބިގެންދާ ކަމަށެވެ. އެގޮތުން ދަތި އުނދަގޫ ވަގުތުގައި އީމާންކަމުގެ އަހުލުވެރިން ޘާބިތުކަމާއެކު ތިބިކަން ކަމަށް ވެސް ޚުތުބާގައި ވިދާޅުވި އެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ ހިޖުރައިގެ މާނައަކީ، ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށްވުރެ މާ ފުޅާ މާނައެއް އޮތް ކަމެއް ކަމަށާއި އެގޮތުން ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް ހެއުކަމުގެ މަގަށް ރުޖޫޢަވުން ކަމަށެވެ.

ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު އެތައް ޢިބުރަތްތަކަކާއި ދަރުސްތަކެއްވާ ކަމަށާއި ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ ދީނަށްޓަކައި ޤުރުބާންވުމުގެ މަތިވެރި ފިލާވަޅު ކަމަށް ވެސް ވިދާޅުވި އެވެ.

Advertisement

ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ، ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރިން އެ ކަމެއް ފުރިހަމައަށް ރޭވުމާއި، ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސައިފައިވުން ކަމަށް ވެސް ޚުޠުބާގައި ބަޔާންކުރެއްވި އެވެ.

ހިޖުރައިގެ މަތިވެރި ޒިކުރާ، ގުޅިފައި ވަނީ ކީރިތި ރަސޫލާ ހިޖުރަ ކުރައްވައި، މައްކާއިން މަދީނާއަށް ވަޑައިގަތް މަތިވެރި ޙާދިޘާއާއެވެ. މިއީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅިގެން ދިޔަ ޙާދިޘާ ކަމަށާއި ކީރިތި ރަސޫލާ اللهގެ މަގަށް ގޮވާލައްވަން މައްކާގައި ތޭރަ އަހަރު ދުވަސް ހޭދަކުރެއްވިއެވެ.

ޚުތުބާގައި ވިދާޅުވީ އެރަށުގެ އަހުލުވެރީންގެ ފަރާތުން މިކަމަށް އެކަށީގެންވާ އިޖާބައެއް ލިބިވަޑައި ނުގަތުމުގެ އިތުރަށް، އެކަލޭގެފާނު އަވަހާރަކޮށްލަން އެބައިމީހުން ދިޔައީ ރާވަމުން ކަމަށާއި އެ ހިނދު اللهގެ އަމުރުފުޅަށް މައްކާ ދޫކުރައްވައި އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވި ކަމަށެވެ. އަދި އެ ހިސާބުން ފެށިގެން، ފުރަތަމަ ފަހަރަށް އިސްލާމީ ދައުލަތެއްގެ ބިންގާ މަދީނާގައި އެޅިގެން ދިޔައެވެ.

ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަ ކުރެއްވުމަށް ފަހު ޢާޝޫރާ ދުވަހު ރޯދަ ހިފުމަށް މުސްލިމުންނަށް އަމުރު ކުރެއްވިކަން ޚުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.

އާޝޫރާ ދުވަހުގެ އެއްދުވަސް ކުރިން ނުވަތަ އެއް ދުވަސް ފަހުން ރޯދަހިފުން ސުންނަތް ވެގެންވާ ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

ހުޖުރީ އާ އަހަރު ފެށޭނީ އަންނަ އާދިއްތަ ދުވަހެވެ. މިއީ ރަސޫލާ ހިޖުރައަށް ވަޑައިގެންނެވިތާ 1446 ވަނަ އަހަރެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement