ބްރިޖްގެ ލައިޓްތަކާއި, ޓްރެފިކް ލައިޓްވެސް ނިވިފަ, ސަމާލުވޭ
ލައިޓްތައް ނިވިފައިވާތީ ބްރިޖް ފެންނަނީ އަނދިރިކޮށް: ފޮޓޯ-ފުލުހުން

ބްރިޖްގެ ލައިޓްތަކާއި, ޓްރެފިކް ލައިޓްވެސް ނިވިފަ, ސަމާލުވޭ

6 months ago - 19:42
Sep 30, 2025 - 19:43
Advertisement
Advertisement

ސިނަމާލެ ބްރިޖްގެ ލައިޓްތަކާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަޅާ ޖަންކްޝަންގައި ހަރުކުރެވިފައިވާ ޓްރެފިކް ލައިޓްވެސް ނުދިއްލޭތީ އެކަމަށް ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފިއެވެ.

މީގެއިތުރުން ބައެއް ވަގުތުތަކުގައި ވިއްސާރަވެސް ވެހެމުންދާތީ، ބްރިޖުން ދަތުރުކުރާ ހުރިހާ ފަރާތްތަކުންވެސް މިކަންކަމަށް ހާއްސަ ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އެދިފައެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ސަރަހައްދުގެ ޓްރެފިކް ފްލޯ އޮމާންކަމާއެކު ކުރިއަށްދާކަން ޔަގީންކުރުމަށް ފުލުހުން ހަރަކާތްތެރިވަމުން ދާނެކަމަށް ވިދާޅުވިއެވެ. އެ ސަރަހައްދުން ދަތުރު ކުރާ ހުރިހާ ފަރާތްތަކުން މިކަންކަމަށް ސަމާލުވެ، ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އެދިފައެވެ.

ލައިޓްތައް ނިވިފައިވުމާއެކު ބްރިޖް ފެންނަނީ އަނދިރިކޮށެވެ. ދުއްވާ އެއްޗިހީގެ ލައިޓްގެ އަލިކަން ފިޔަވާ އެހެން އަލިކަމެއް ނެތެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement