ބަނގްލަދޭޝްގެ ވަގުތީ ސަރުކާރު ލީޑް ކުރަން މުޒާހަރާ ލީޑް ކުރި ފަރާތްތަކުގެ ހޮވުމަކީ މުހައްމަދު ޔޫނުސް
މުޒާހަރާގެ ބައިވެރިން މަގުތަކުގައި: ފޮޓޯ-އޭޕީ

ބަނގްލަދޭޝްގެ ވަގުތީ ސަރުކާރު ލީޑް ކުރަން މުޒާހަރާ ލީޑް ކުރި ފަރާތްތަކުގެ ހޮވުމަކީ މުހައްމަދު ޔޫނުސް

ވަގުތީ ސަރުކާރު ވަރަށް އަވަހަށް އެކުލަވާލާނެ

1 month ago - 10:18
Advertisement

ބަނގްލަދޭޝްގެ ވަގުތީ ސަރުކާރު ލީޑް ކުރަން މުޒާހަރާ ލީޑް ކުރި ފަރާތްތަކުގެ ހޮވުމަކީ މުހައްމަދު ޔޫނުސް ކަމަށް ދަރިވަރުންގެ މުޒާހަރާ ލީޑްކުރުމުގައި އިސްކޮށް އުޅުނު ނާހިދު އިސްލާމް ބުނެފިއެވެ.

ސޯޝަލް މީޑިޔާގައި ޢާއްމު ކުރި ވީޑިއޯއެއް މެދުވެރިކޮށް އޭނާ ބުނީ މުޒާހަރާ ކުރި ދަރިވަރުންގެ ހުށަހެޅުމަކީ ވަގުތީ ސަރުކާރު ހިންގަން ނޯބަލް ޕްރައިސް ހާސިލްކުރައްވާފައިވާ މުޙައްމަދު ޔޫނުސް އައްޔަން ކުރުމެވެ. ދަރިވަރުން މިހާރު ޔޫނުސްއާ ވާހަކަ ދައްކާފައިވާ ކަމަށްވެސް ބުންޏެވެ. މުހައްމަދު ޔޫނުސް އަކީ އިސްތިއުފާ ދެއްވި ބޮޑުވަޒީރު ޝެއިހު ހަސީނާގެ ދައުރުގައި ކޮރަޕްޝަންގެ ގިނަ ތުހުމަތު ތަކެއްކޮށް, ޝަރުއީ މަރުހަލާ ފަށާފައިވާ ފަރާތެކެވެ. އެކަމަކު ޔޫނުސް ވިދާޅުވަމުން ގެންދަވަނީ އެއީ ރޭވިގެން, ފްރޭމް ކުރުމުގެ ވިސްނުމުގައި ކޮށްފައިވާ ތުހުމަތު ތަކެއް ކަމަށެވެ. އޭނާއަށް ނޯބަލް ޕްރައިސް ލިބިވަޑައިގަތީ 2006 ވަނަ އަހަރު އެވެ.

މުޒާހަރާ ލީޑް ކުރުމުގައި އިސްކޮށް އުޅުނު ނާހިދު އިސްލާމް ބުނީ ވަގުތީ ސަރުކާރުގައި ހިމެނުމަށް އިތުރު ނަންތައްވެސް ދަރިވަރުންގެ ފަރާތުން ހުށަހަޅާނެ ކަމަށެވެ. ބަނގްލަދޭޝްގެ އަސްކަރީ ވެރިޔާ ވިދާޅުވީ ވަގުތީ ސަރުކާރު ވަރަށް އަވަހަށް އެކުލަވާލައްވާނެ ކަމަށެވެ. ބަނގްލަދޭޝްގެ ބޮޑުވަޒީރު ހަސީނާ އިސްތިއުފާ ދެއްވާ އިއްޔެ ގައުމުން ފިއްލެވީ ދަރިވަރުން އިސްވެ ކުރި ސިލްސިލާ މުޒާހަރާތަކުގައި ސަރުކާކާރަށް ކޮންޓްރޯލް ގެއްލުމުންނެވެ. ސިލްސިލާ މުޒާހަރާ ތަކުގައި 300 އަށްވުރެ ގިނަ މީހުން މަރުވިއެވެ. ބޮޑުވަޒީރު އިސްތިއުފާ ދެއްވާ ވަޑައިގެންނެވި އިރު ރަސްމީ ގަނޑުވަރުވެސް އޮތީ މުޒާހަރާގެ ބައިވެރިންގެ ކޮންޓްރޯލްގެ ދަށުގައެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement