ޖަޕާންގެ އާބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެ

ޖަޕާންގެ އާބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެ

17 days ago - 20:44
Advertisement

ޖަޕާންގެ އާ ބޮޑުވަޒީރު ޝިގަރޫ އިޝިބާ އަށް ރައީސުލްޖުމްހުރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ޖަޕާނުގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީއެއްގައި ވަނީ އާ ބޮޑުވަޒީރުގެ ލީޑަރޝިޕްގެ ދަށުން ޖަޕާނަށް އިތުރު ކުރިއެރުން ލިބޭނެކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފައެވެ.

އަދި ރައީސް އިތުރަށް ވިދާޅުވީ ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށް ޖަޕާނުން އަބަދުވެސް މުހިންމު ހިއްސާއެއް ކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

ނިންމާލަމުން ރައީސް ބޮޑުވަޒީރު އިޝިބާއަށް ހެޔޮ އެދުންތައް ފާޅުކުރެއްވިއެވެ. އަދި ޖަޕާނުގެ ރައްޔިތުންގެ ކުރިއެރުމާރުމާއި ފާގަތިކަމަށް އެދިވަޑައިގަތެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement