
ހުޅުމާލެއިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުން ހަރަކާތްތެރި ވަނީ
ބެލެވެނީ ބިދޭސީއެއްގެ ހަށިގަނޑު ކަމަށް
ހުޅުމާލެއިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން ފުލުހުން ހަރަކާތްތެރި ވާން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ ހަށިގަނޑު ފެނުނީ ވޯޓަރ ތީމް ޕާރކް ހަދަން ދޫކޮށްފައިވާ ސަރަހައްދުން ކަމަށެވެ. ފުލުހުން ވިދާޅުވީ މަރުވެފައި ވަނީ ފިރިހެނެއް ކަމަށެވެ. ނަމަވެސް އެއީ ކާކުކަން ސީދާ ދެނެގަނެވިފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެކަމަކު މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ބިދޭސީއެއް ކަމަށް ބެލެވިދާނެ ބައެއް ކަންކަން ތަހުގީގުގެ މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުލުހުން ވިދާޅުވީ މީހާގެ އައިޑެންޓިޓީ ކަށަވަރުކުރަން ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެމީހާގެ ހަށިގަނޑި ވަނީ 'ޑިކޮމްޕޯސް' ވެފަ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ރިއެކްޝަންސް






