މީޑިޔާތައް ކޮންޓްރޯލް ކުރުމަށް ޝައުގެއް ނެތް, ކޮންޓްރޯލެއް ބޭނުން ނޫންކަމަށް ވާނީ ދަންނަވާފަ- ރައީސް
މީޑިޔާ ބިލާ ގުޅޭގޮތުން ރައީސް ވާހަކަދެއްކެވީ ނޮޅީވަރަންފަރުގައި: ފޮޓޯ-ރައީސް އޮފީސް

މީޑިޔާތައް ކޮންޓްރޯލް ކުރުމަށް ޝައުގެއް ނެތް, ކޮންޓްރޯލެއް ބޭނުން ނޫންކަމަށް ވާނީ ދަންނަވާފަ- ރައީސް

ކޮމިޝަންގެ ރައީސް އައްޔަން ކުރަންވާނީ ކޮމިޝަން މެމްބަރުންގެ ތެރެއިން

3 hours ago - 06:41
Aug 26, 2025 - 06:42
Advertisement
Advertisement

މީޑިޔާތައް ކޮންޓްރޯލް ކުރުމަށް އެއްވެސް ޝައުގެއް ނެތް ކަމަށާއި, އެމަނިކުފާނުގެ ކޮންޓްރޯލެއް ބޭނުން ނޫންކަމަށް ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް ދަންނަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މޯލްޑިވްސް މީޑިޔާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ނަމުގައި ކޮމިޝަނެއް އުފައްދަން ރައްޔިތުންގެ މަޖިލިހުގެ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާނު އިބްރާހީމް މަޖިލިހަށް ހުށަހަޅުއްވާފައިވާ ބިލާ ގުޅޭ ގޮތުން ނޮޅިވަރަންފަރުގައި ވާހަކަ ދައްކަވަމުންނެވެ.

ނޫސްވެރިންގެ ވަރަށްބޮޑަތި ކަންބޮޑުވުންތަކެއް ހުރި އަދި އެބިލާ ދެކޮޅަށް މަސައްކަތް ކުރަމުން އަންނަ ބިލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީޑިޔާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނުގެ ޝައުގުވެރިކަން ހުރި އަދި އެއްވެސް އިރެއްގެ ކުރިކަމެއްވެސް ނޫން, ކުރާނެވެސް ކަމެއްނޫން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރަންވާނީ ޒިންމާދާރު ކަމާއެކީގައި ކަމަށެވެ. މިހާރު މަޖިލިހަށް ހުށަހަޅާފައިވާ ބިލަކީ އަމިއްލަ މެމްބަރެއްގެ ބިލެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެމަނިކުފާނުގެ އެއްވެސް ކޮންޓްރޯލެއް އޮންނަ ގޮތަށް އެބިލް ފާސްކުރަން ބޭނުން ނުވާކަމަށް ސަރުކާރުގެ ފަރާތުން ސަރުކާރުގެ ޕާޓީ ޕީއެންސީގެ މެމްބަރުންނަށް ދަންނަވާފައިވާ ކަމަށެވެ.

ބިލްގައި ހުރި ބައެއް މާއްދާތަކަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެމްބަރަކު އެކޮމިޝަންގެ ރައީސްކަމަށް އަންނަ ގޮތަށް އޮތް ނަމަވެސް އެގޮތަށް އެމަނިކުފާނު ބޭނުންފުޅުނުވާ ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. "އަޅުގަނޑު މިހާރު ދަންނަވާފަ ވާނީ އެ އިސްލާހުކުރާ މަރުހަލާއަކަށް ގޮސްފިނަމަ އިސްލާހުކުރާއިރުގަ އެއުފެދޭ ކޮމިޝަންގެ ތެރެއިން އެކޮމިޝަންގެ މެމްބަރުން ވޯޓްލައިގެން ނަގާ މީހެކޭ ރައީސްއަކަށް ވާންވާނީ. އަޅުގަނޑު ބޭނުމެއް ނޫން އެއްގޮތަކަށްވެސް އަޅުގަނޑުމެންނަކީ މީޑިޔާއަށް އެއްވެސް ވަރަކަށް ނުފޫޒު ފޯރުވާ ބަޔަކަށް ވާކަށް." ރައީސް ވިދާޅުވިއެވެ.

Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީޑިޔާ ވާންޖެހޭނީ މިނިވަންކަމާއެކީގައި އޮޕަރޭޓް ކުރާ ތަނަކަށް ކަމަށެވެ. މިހާރު ބިލްގައި އޮތް ގޮތުންވެސް ހަތް މެމްބަރުންގެ ކޮމިޝަނެއް ހަދާގޮތަށް އޮތްއިރު ހަތަރު މެމްބަރުން އަންނަނީ މީޑިޔާތަކުން ވޯޓް ލައިގެންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ދެން ތިބި ތިން މެމްބަރުން ނަކީ ރައީސުލްޖުމްހޫރިއްޔާ ނަން ހުށަހަޅުއްވައިގެން ރައްޔިތުންގެ މަޖިލިހުން ފާސްކުރާ ތިން މެމްބަރުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކޮމިޝަންގެ ރައީސް ނަގަން އެމަނިކުފާނު ބޭނުންފުޅުވަނީ އެހަތް މީހުން ވޯޓް ލައިގެން ކަމަށެވެ.

" އެހެންވީމަ އެއްވެސް ވަރަކަށް އަޅުގަނޑުގެ ކޮންޓްރޯލެއް އޮންނަ ގޮތަކަށް އެއްވެސް ކަމެއް ބޭނުމެއް ނޫން, މީޑިޔާ ރެގިއުލޭޓް ކުރުމުގައިވެސް އަދި ބެލެހެއްޓުމުގައިވެސް އޮންނާކަށް." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީޑިޔާ އޮންނަންވާނީ ހަމަ ފުރިހަމަ މިނިވަންކަން ލިބޭ ގޮތަށް ކަމަށެވެ. މީޑިޔާ އޮންނަންވާނީ ދެފުށް ފެންނަ, ޒިންމާދާރު ކަމާއެކީގައި ހިންގޭ ގޮތަށް ކަމަށް ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement