ފޮރިންގ މިނިސްޓަރ އިތުރުފުޅު ހެއްދެވިކަމަށް ބުނެ ހުށަހެޅި އިމްތިޔާޒުގެ މައްސަލަ ބޭރުކޮށްލައިފި
ފޮރިންގ މިނިސްޓަރ ޚަލީލް މަޖިލިހުގައި: ފޮޓޯ-ރައްޔިތުންގެ މަޖިލިސް

ފޮރިންގ މިނިސްޓަރ އިތުރުފުޅު ހެއްދެވިކަމަށް ބުނެ ހުށަހެޅި އިމްތިޔާޒުގެ މައްސަލަ ބޭރުކޮށްލައިފި

1 year ago - 09:59
Aug 19, 2025 - 09:59
Advertisement
Advertisement

ފޮރިންގ މިނިސްޓަރ ޑރ.އަބްދުالله ޚަލީލް އިތުރުފުޅު ހެއްދެވިކަމަށް ބުނެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅި އިމްތިޔާޒުގެ މައްސަލަ ބޭރުކޮށްލައިފި އެވެ.

މެމްބަރު މީކާއީލް ހުށަހެޅުއްވި އިމްތިޔާޒުގެ މައްސަލައަކީ މިމަހުގެ 13 ވަނަ ދުވަހު ފޮރިންގ މިނިސްޓަރ ރައްޔިތުންގެ މަޖިލިހަށް ވަޑައިގެން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އިތުރުފުޅު ހެއްދި ކަމަށެވެ. ފޮރިންގ މިނިސްޓަރ އިތުރުފުޅު ހެއްދެވީ އިންޑިޔާ އައުޓް ޓީޝާރޓް ލައިގެން ހުންނަވަނިކޮށް ސޯޝަލް މީޑިޔާއިން ފެނިވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވެ ކަމަށް މެމްބަރު މީކާއީލް ވިދާޅުވިއެވެ.

މެމްބަރު މީކާއީލް ވިދާޅުވީ މުޅި މަޖިލިހަށާއި ކޮމިޓީއަށް ގަސްތުގައި ކަމެއް އޮޅުވާލުމަކީ އިމްތިޔާޒަށް އަރައިގަތުން ކަމަށެވެ.

އިމްތިޔާޒުގެ މައްސަލަ ބޭރުކޮށްލީ ޕީއެންސީގެ މެމްބަރުންގެ ވޯޓުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement