ރައީސުލްޖުމްހޫރިއްޔާ ގައުމިއްޔަތު އިއާދަކުރުމުގެ ސިޔާސަތެއް އެކުލަވާލެއްވުމަކީ މަންފާތަކެއް އެކުލެވޭ ކަމެއް: ސާޖިދާ
މެޑަމް ސާޖިދާ

ރައީސުލްޖުމްހޫރިއްޔާ ގައުމިއްޔަތު އިއާދަކުރުމުގެ ސިޔާސަތެއް އެކުލަވާލެއްވުމަކީ މަންފާތަކެއް އެކުލެވޭ ކަމެއް: ސާޖިދާ

18 days ago - 12:14
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރައްޖޭގެ ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ ސިޔާސަތެއް އެކުލަވާލެއްވުމަކީ އޭގައި މަންފާތަކެއް އެކުލެވިގެންވާ ކަމެއް ކަމަށް އެމަނިކުފާނުގެ އަނބިކަބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން މިހެން ވިދާޅުވީ މޯލްޑިވަސް ކަރެކްޝަނަލް ސަރވިސެސް އިން މިއަދު ހުޅުވި ދިވެހި ސަގާފީ ގޯތި ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

މާފުށީ ޖަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ދިވެހިރައްޖޭގެ ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ ސިޔާސަތެއް އެކުލަވާލެއްވުމުގައި ޚައްސަ މާނަތަކަކާއި މަންފާތަކެއް އެކުލެވިގެންވާ ކަމެއް ކަމަށެވެ.

ސާޖިދާ ވިދާޅުވީ ދިވެހި ގައުމިއްޔަތާމެދު ވިސްނައި ފިކުރު ކުރުމަކީ ދިވެހި ކޮންމެ ރައްޔިތަކުވެސް ވިސްނާ ފިކުރު ކުރާނެ ކަމެއް ކަމަށެވެ.

Advertisement

"ސަބަބަކީ މިއީ ކޮންމެ ދިވެއްސަކާ ގުޅިފައިވާ ކަމަކަށް ވާތީ. ދިވެހި ކޮންމެ ދަރިއެއްގެ ހިއްސާއާއި ހައްގު މިގައުމުގައި ހިމެނިގެންވާތީ" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement