ދިވެހިރާއްޖޭގެ އައު ސަފީރު އާޒިމާ، ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސަށް އަރުވައިފި
ސަފީރު އާޒިމާގެ ފަތްކޮޅު އިންޑީއަގެ ރައީސާއި ހަވާލުކުރެއްވުން / ފޮޓޯ: ފޮރިން މިނިސްޓްރީ

ދިވެހިރާއްޖޭގެ އައު ސަފީރު އާޒިމާ، ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސަށް އަރުވައިފި

1 year ago - 19:25
Feb 17, 2025 - 22:47
Advertisement
Advertisement

އިންޑިއާގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާ އައު ސަފީރު އައިޝަތު އަޒީމާ، އެކަމަނާގެ މަގާމުގެ ފަތްކޮޅު އިންޑިއާގެ ރައީސް ދުރުޕަތީ މުރުމުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ އިންޑިޔާވެރިރަށް ނިލްދިއްލީގައި ހުންނަ އެ ގައުމުގެ ރިޔާސީ ގަނޑުވަރުގައެވެ.

މި ރަސްމިއްޔާތުގައި ސަފީރު އަޒީމާ ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ފަރާތްޕުޅުންނާއި ދިވެހި ރައްޔިތުންގެ ފަރާތުން ހެޔޮއެދުންތަކާއި ތަހުނިޔާ އިންޑިއާގެ ރައީސާއަށާއި ރައްޔިތުންނަށް ރައްދުކޮށްދެއްވާފައެވެ.

މީގެ އިތުރުން އައު ސަފީރު އަޒީމާ ވަނީ ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން ދެއްވަމުން ގެންދަވާ  އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި އިންޑިއާގެ ރައީސް، ސަފީރު އަޒީމާއަށް މަރުހަބާ ދަންނަވާ ހެޔޮއެދުންތައް ރައްދުކުރައްވާފައިވާކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement