
ހިރިނައިދޫ، ނެއްލައިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައިފި
ހދ. ހިރިނައިދޫއަކީ ހދ. ނެއްލައިދޫގެ ބައެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާގެ މި ނިންމެވުމަކީ ނެއްލައިދޫ ރައްޔިތުންނަށް އިޤްތިޞާދީ ނަފާ ހޯދައިދިނުމަށް އެޅުއްވި ފިޔަވަޅެއްކަމަށެވެ.
މި ޤަރާރުގައި ހިރިނައިދޫގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތް ބަޔާންކޮށްފައިވެއެވެ. އަދި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް ހިރިނައިދޫ ވަނީ އިތުރުކޮށްފައެވެ.
ހިރިނައިދޫ އަކީ ނެއްލައިދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވާނެކަން ރައީސް ޢިއުލާންކުރެއްވީ މިދިޔަ އަހަރު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ހދ. ނެއްލައިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރިއެކްޝަންސް






