ދިވެހި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހާ ގުޅިގެން ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައި
ދިވެހި ފުލުހުން ގައުނީ ޚިދުމަތުގައި ބުރަ މަސައްކަތްތަކެއް ކުރައްވާ / ފޮޓޯ: ފުލުހުން

ދިވެހި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހާ ގުޅިގެން ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައި

3 days ago - 12:12
Mar 29, 2025 - 13:12
Advertisement
Advertisement

ދިވެހި ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު، ދިވެހި އެންމެހައި ފުލުހުންނަށާއި އެފަރާތްތަކުގެ އާއިލާތަކަށް ތަހުނިޔާ ދަންނަވައިފިއެވެ.

ރައީސް ތަހުނިޔާ ދެންނެވީ މިއަދު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓުގައެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި ގައުމީ ހިދުމަތުގައި، ރެޔާދުވާލު، ދިވެހި ފުލުހުން ޒިންމާދާރުކަމާއިއެކު ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރައްވާކަމަށް ވެސް ވިދާޅުވިއެވެ.

މި ދުވަހާއި ގުޅޭގޮތުން ރައީސް އޮފީހުން ވިދާޅުވީ މި ސަރުކާރުން ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އޮގޮތުން މިހާތަނަށް 28 ޕޮލިސް ޕޯސްޓް ހުޅުވައި، އިތުރު 83 ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.

Advertisement
Advertisement

ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށް ފަންނީ، ތަޢުލީމީ އަދި އެހެނިހެން ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށާއި، މި މަސައްކަތްތަކުން ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާވެގެންދާނެކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ފުލުހުންގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ވަނީ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement