ހަމަލާތައް އަލުން ފެށިފަހުން ޣައްޒާއިން 900 މަރު, ލުބުނާނާއި ޔަމަނަށްވެސް ހަމަލާދެނީ
ޢައްޒާއިން ޝަހީދުވެފައިވާ ތުއްތު ކުދިންތަކެއްގެ ހަށިގަނޑު އުފުލާލައިގެން. ފޮޓޯ: އޭޕީ

ހަމަލާތައް އަލުން ފެށިފަހުން ޣައްޒާއިން 900 މަރު, ލުބުނާނާއި ޔަމަނަށްވެސް ހަމަލާދެނީ

ހުކުރު ދުވަހު އެކަނިވެސް އެމެރިކާ އިން ވަނީ ޔަމަނަށް 70 ފަހަރު ބޮން އަޅާފައި

3 days ago - 06:09
Mar 29, 2025 - 07:44

ހަމާސް އާއި އިޒްރާއިލް އާ ދެމެދު ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުން އުވާލާ އިޒްރާއިލްއިން ޣައްޒާއަށް އަލުން ހަމަލާތައް ދޭންފެށިތާ ތިން ހަފުތާގެ ތެރޭގައި 900 އެއްހާ މީހުން ޣައްޒާއިން ޝަހީދުކޮށްލައިފިއެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ އަލުން ހަމަލާތައް ފެށި ފަހުން މިހާތަނަށް 896 މީހުން މަރުވެފައިވާކަށް ކަށަވަރުކޮށްދީފައެވެ. މީގެ އިތުރުން ހަމަލާތަކުގައި 1,984 މީހަކު ޒަހަމްވެފައިވާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އިއްޔެ އިޒްރާއިލްއިންވަނީ ލުބުބާނުގެ ވެރިރަށް ބެއިރޫތް އަށްވެސް ވަނީ ބޮންއަޅާފައެވެ. މިއީ ނޮވެމްބަރު މަހު ހިޒްބުالله  އާ އިޒްރާއިލްއާ ދެމެދު ހަމަލާތައް ހުއްޓާލުމަށް އެއްބަސްވީފަހުން އިޒްރާއިލްއިން ބެއިރޫތްއަށް ހަމަލާދިން ފުރަތަމަ ފަހަރެވެ. ނަމަވެސް ދެކުނު ލުބުނާނުގައި އޭގެ ފަހުންވެސް ދަނީ މަދު މަދުން ހަމަލާތައް ދެމުންނެވެ.

ލުނުބާނަށް އިއްޔެ ދިން ހަމަލާގައި ހަދަތް ނެއިބަރހުޑްގައި ހުންނަ އާންމުން ދިރިއުޅޭ ފްލެޓެއް ވަނީ އެއްކޮށް ބިމާ ހަމަވެފައެވެ.

ހުކުރު ދުވަހު އެމެރިކާގެ އަސްކަރިއްޔާއިންވަނީ ޔަމަނުގައި ވެރިކަންކުރާ ހޫތީންގެ ބާރުގަދަ ސަރަޙައްދުތަކަށް ބޮމުގެ ގިނަ ހަމަލާތަކެއް ދީފައެވެ. އޭގެތެރެއިން ވެރިރަށް ސަނައާ އަށް ދިން ހަމަލާތަކުގައި އެކަކު މަރުވެ އެތައް ބަޔަކު ޒަހަމްވެފައި ވެއެވެ.

Advertisement
Advertisement

ހޫތީންގެ މަސްލަހަތު އޮންނަ މީޑިއާ އަލް-މަސީރަޙް ޓީވީން ކަށަވަރުކޮށްދީފައިވާ ގޮތުގައި ހުކުރުދިވަހު އެމެރިކާއިން ވަނީ ޔަމަނަށް 72 ފަހަރު ބޮންއަޅާފައެވެ.

މަޢުލޫމާތު ލިބޭގޮތުގައި އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑަށް ވައިޓްހައުސްއިން ކުރިން ހުއްދަ ހޯދުމަކާނުލާ "ހޫތީންގެ ޕޮޒިޝަން ތަކަށް" ހަމަލާދިމުމުގެ ބާރު އޮންނަނީ ދީފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow