އެފްރިކާގެ ހިޖުރަވެރިން ގޮވައިގެން ދަތުރުކުރި ހަތަރު ބޯޓެއް ޔަމަނާއި  ޖިބޫޓީގެ ކަނޑަށް ފެތި 186 މީހުން ގެއްލިއްޖެ
ހިޖުރަވެރިން ގޮވައިގެން ދަތުރުކުރި ބޯޓެއް ފެތި ބަޔަކު ކަނޑުވެފައި. ފޮޓޯ: ބީބީސީ

އެފްރިކާގެ ހިޖުރަވެރިން ގޮވައިގެން ދަތުރުކުރި ހަތަރު ބޯޓެއް ޔަމަނާއި ޖިބޫޓީގެ ކަނޑަށް ފެތި 186 މީހުން ގެއްލިއްޖެ

1 day ago - 13:11
Mar 8, 2025 - 13:13

އެފްރިކާއިން ހިޖުރަވެރިން ގޮވައިގެން ދަތުރުކުރި ހަތަރު ބޯޓެއް ޔަމަން އަދި ޖިބޫޓީގެ ކަނޑުގެ ސަރަޙައްދަށް ފެތި ދެ މީހަކު މަރުވެ 186 މީހުން ގެއްލިއްޖެއެވެ. އދގެ މައިގްރޭޝަން އެޖެންސީގެ ތަރުޖަމާނާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާގޮތުން އެތަނުން ދެ ބޯޓެއް ފެތިފައި ވަނީ ޔަމަނުގެ ކަނޑަށެވެ. ޔަމަނަކީ އެފްރިކާއިން އާންމުގޮތެއްގައި ހިޖުރަވެރިން ޤަލްފުގެ ޤައުމުތަކަށް އެތެރެވުމަށް ބޭނުންކުރާ މަގެކެވެ. ހާއްސަކޮށް އިތިއޯޕިއާ މީހުންނެވެ.

ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި ގެއްލުނު މީހުންގެ ތެރޭގައި 181 ހިޖުރަވެރިންނާއި ޔަމަނުގެ 5 ކްރޫ މެމެބަރުން ހިމެނެއެވެ. ސަލާމަތްކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ ދެ ކްރޫ މެމްބަރުން ކަމުގައި ތަރުޖަމާނު ތަމީމް އެލިއަން ބުނެފައިވެއެވެ.

އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮރ މައިގްރޭޝަންގެ ޗީފް މިޝަން ވިދާޅުވިގޮތުގައި ބޯޓުގައި ތިބި ކަމަށް ބެލެވޭ ގިނަ މީހުންނަކީ އިތިއޯޕިއާގެ ހިޖުރަވެރިންނެވެ. ބޯޓުތަކުގައި ތިބި މީހުންގެ ތެރެއިން 57 މީހުންނަކީ އަންހެނުންނެވެ.

"މީހުން ސަލާމަތްކުރާ ގްރޫޕްތަކާއެކު މިދަނީ ދިރިހުއްޓާ މީހަކު ސަލާމަތްކުރުމުގެ މަސައްކަތް ކުރެވޭތޯ ބަލަމުން. އެކަމަކު ދިރިހުއްޓާ މީހަކު ފެނުމުގެ އުއްމީދު ކުޑަ" މީހުން ސަލާމަތްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އަބްދުއްސައްތާރު އެސޮއެވް އޭއެފްޕީއަށް ބުނެފައި ވެއެވެ.

Advertisement
Advertisement

ހަމަ މިވަގުތު އެކްރިކާޖެ ޖިބޫޓީ ކައިރިއަށްވެސް ވަނީ ދެ ބޯޓު އަޑިއަށް ގޮސްފައެވެ. އެ ދެ ބޯޓުން ދަތުރުކުރި ދެ މީހަކު މަރުވެފައިވާކަށް ޔަޤީންވެފައިވާއިރު ބާކީތިބި މީހުންވަނީ ސަލާމަތްކޮށްފައެވެ.

އަހުލީ އަދި ދާހިލީ ހަނގުރާމައިގައި ތާށިވެފައި އޮންނަތާ ދިހަ ވަރަށް އަހަރުވެފައިވާ ޔަމަނު މަގުން ކޮންމެ އަހަރަކުވެސް އެތައްހާސް ހިޖުރަވެރިން މަސައްކަތް ހޯދުމަށް ޤަލްފުގެ ޤައުމުތަކަށް ދަތުރުކުރަން މަސައްކަތްކުރެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow