ސީރިއާގެ ބަފަރ ޒޯންގައި އިޒްރާއިލްއިން އަސްކަރީ ބޭސްތަކެއް ޤާއިމްކުރަނީ
ިޒްރާއިލްގެ އުޅަނދެއް ހިފާފައިވާ ގޯލާން ހައިޓްސްގެ މަޖްދަލް ޝާމްއިން ސިރިއާގެ ބަފަރ ޒޯން އަށް ވަންނަނީ. ފޮޓޯ: އައި24 ނިއުސް

ސީރިއާގެ ބަފަރ ޒޯންގައި އިޒްރާއިލްއިން އަސްކަރީ ބޭސްތަކެއް ޤާއިމްކުރަނީ

2 days ago - 23:31
Feb 3, 2025 - 23:37

އިޒްރާއިލްއިން ސިރިއާގެ ބަފަރ ޒޯންގައި އަސްކަރީ ބޭސްތަކެއް ޤާއިމްކުރަމުންދާކަމުގެ ސެޓެލައިޓް ފޮޓޯތަކެއް ލިބިފައިވާކަމަށް އަލްޖަޒީރާއިން ބުނެފިއެވެ. އަލްޖަޒީރާއިން ބުނެފައިވާ ގޮތުގައި އެނޫހުގެ ސަނާޑް ވެރިފިކޭޝަން ޔުނިޓަށް ވަނީ ފޮޓޯތައް ލިބިފައެވެ.

އެ ނޫހުން ބުނެފައިވާ ގޮތުގައި މި ފޮޓޯތައް ނަގާފައިވަނީ ޑިސެމްބަރު 19, 2024 އާ ފެބުރުވަރީ 1, 2025 އާ ދެމެދުގައެވެ. އެއީ ސީރިއާގައި ގިނަ އަހަރުތަކެއް ވަންދެން ވެރިކަން ކުރި ބައްޝާރުލް އަސަދު ފިލައިގެން މޮސްކޯއަށް ދިޔަތާ 11 ދުވަސް ފަހުން ފެށިގެންނެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ބަފަރ ޒޯނުގައި ހަ ސައިޓެއް ދަނީ އިމާރާތްކުރަމުންނެވެ. އަދި ބަފަރ ޒޯނުގެ ބޭރުން ސީރިއާގެ ސަރަޙައްދުގައިވެސް ސައިޓެއް އިމާރާތްކުރުމުގެ މަސައްކަތް ފޮޓޯތަކުން ފެންނަ ކަމުގައި އަލްޖަޒީރާގައި ރިޕޯޓްކޮށްފައި ވެއެވެ.

ސަނާޑް އަށް ލިބިފައިވާ ފޮޓޯތަކުގައި އެސަރަޙައްދުގައި މަގެއް ހެދުމުގެ މަސައްކަތްވެސް އިޒްރާއިލްއިން ވަނީ ފަށާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ޖުމްލަ ހަތް ސައިޓް ހުރީ ހުޅަނގު ހަދަރް ވިލެޖް, ޖަބަތް އަލް-ކަޝްބް ގެ ހުޅަނގު, އަދި އަލް-ހަމީދިއާ, ޤެނެއިޓްރާ ވިލެޖްގެ އުތުރު އަދި އަނެއް ދެ ސައިޓް ލޭކް އަޒިޒްގެ ދެކުނުގައެވެ.

Advertisement
Advertisement

އަސަދުގެ އާއިލީ ވެރިކަން ވެއްޓުމާއެކު އިޒްރާއިލްއިންވަނީ ބަފަރ ޒޯންގެ ތެރެއަށް ވަދެގެންފައެވެ. އަދި ދުވަހެއް ދުވަހަކަށް ސިރިއާ އާ ކައިރިއަށް އަސްކަރީ ހަރަކާތްތައް ދަނީ ފުޅާކުރަމުންނެވެ. އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަޔަންޔާހޫ ބުނެފައިވަނީ އަސަދުގެ ވެރިކަމާއެކު 1974 ގައި ޤާއިމްކުރި އެއްބަސްވުންވެސް އުވުނީ ކަމުގައެވެ.

ނަމަވެސް ސީރިއާގެ އިންތިގާލީ ރައީސް, އަޙްމަދު އަލް ޝަރާ ވަނީ 1974ގެ އެއްބަސްވުން ސީރިއާ އާ ސަރުކާރުން ދަމަހައްޓާނެ ކަމަށް ބުނެފައެވެ.

އިޒްރާއިލްއިން އޭރު ބުނެފައި ވަނީ ބަފަރ ޒޯންއަށް ސިފައިން ވަނީ ވަގުތީ ގޮތުން ސަރަޙައްދުގެ ރައްކާތެރިކަމާ ސަލާމަތަށް ކަމަށެވެ. ނަމަވެސް އަސްކަރީ ބޭސްތަކެއް ޤާއިމްކުރާ ސެޓެލައިޓް ފޮޓޯތައް އާންމުވުމާއެކު އިޒްރާއިލްގެ ނިޔަތާމެދު މިވަނީ ސުވާލު އުފެދިފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow