އިޒްރާއިލްގެ ހަމަލާތަކުގައި އިއްޔެ ޣައްޒާގައި 74 މަރު, އެހީ ލިބިގަތުމަށް ކިއޫގައި ތިބި 42 މީހަކުވެސް ހިމެނޭ
މަލްނިއުޓްރިޝަންގައި ޣައްޒައިން އިއްޔެ ނިޔާވި ތުއްތު ޒައިނަބްގެ ހަށިގަނޑާއެކު ޒައިނަބްގެ މައިންބަފައިން.ފޮޓޯ: ރޮއިޓާސް

އިޒްރާއިލްގެ ހަމަލާތަކުގައި އިއްޔެ ޣައްޒާގައި 74 މަރު, އެހީ ލިބިގަތުމަށް ކިއޫގައި ތިބި 42 މީހަކުވެސް ހިމެނޭ

ހައިހޫނުކަމުގައި 5 ކުއްޖަކު އިއްޔެވެސް ވަނީ ދުނިޔެ ދޫކޮށްފައި

8 hours ago - 06:19
Jul 27, 2025 - 06:21

އިޒްރާއިލްއިން ޣައްޒާގެ އެކި ސަރަހައްދުތަކަށް އިއްޔެ ދިން ހަމަލާތަކުގައި 74 މީހަކު ޝަހީދުވެފައިވާކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ. އޭގެތެރޭގައި އެހީ ލިބިގަތުމަށް ކިއޫގައިތިބި 42 މީހަކުވެސް ހިމެނެއެވެ.

ޣައްޒާގެ ހައިހޫނުކަމުގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު ހާންތިވެގެންނާއި, ނިއުޓްރިޝަން މަދުވުމުގެ ސަބަބުން ދިމާވާ ހާލަތްތަކުގައި އިއްޔެވެސް 5 މީހުން ވަނީ ދުނިޔެ ދޫކޮށްފައެވެ. މިއާއެކު ހައިހޫނުކަމުގައި ޣައްޒާއިން މަރުވި މީހުންގެ އަދަދު ވަނީ 127 އަށް އަރާފައެވެ. އޭގެ ތެރެއިން 85 އެއީ ކުޑަކުދިންނެވެ.

ޣައްޒާގެ އިންސާނީ ހާލަތާމެދު ދުނިޔެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އިޒްރާއިލްއިން ވަނީ އެހީ ފޯރުކޮށްދިނުމަށް އެއްދުވަހުގެ މުއްދަތަށް ހަމަލާތައް ހުއްޓާލާނެކަމަށް ބުނެފައެވެ. އަދި ވައިގެ މަގުން އެހީ އެއަރޑްރޮޕް ކުރުމަށް އިޒްރާއިލްއިން ހުއްދަ ދީފައިވާކަމަށްވެސް ބައެއް ރިޕޯޓްތަައް ވަނީ ބުނެފައެވެ.

ނަމަވެސް ހަމަލާތައްް ހުއްޓާލާނީ ނުވަތަ 'ހިއުމެނިޓޭރިއަން ޕޯސް' އަންނަނީ ޣައްޒާގެ ކޮން ސަރަހައްދުތަކަކަށް ކަމެއް އިޒްރާއިލްގެ އަސްކަރިއްޔާއިން ބުނެފައެއް ނުވެއެވެ.

Advertisement
Advertisement

އިޒްރާއިލްއިން މީގެ ކުރިން ވަނީ އެހީ ބެހުމުގެ ކަންކަމުގައި އދ ން ފަރުވާކުޑަކުރާ ކަމަށްބުނެފައެވެ. ނަމަވެސް އެޖަމާއަތުން ވަނީ އިޒްރާއިލްއިން އދ ގެ މުވައްޒަފުންނަށާއި އެހީގެ ޓްރަކްތަކަށް ޣައްޒާގެ ތެރޭގައި ސަލާމަތްތެރި ކަމާއެކު ހަރަކާތްތެރިވުމަށް ބޭނުންވާ ހުއްދަތައް ނުލިބޭކަމަށް ބުނެ އިޒްރާއިލްގެ ވާހަކަތައް ދޮގުކޮށްފައެވެ.

އިޒްރާއިލްއާ ގާތްގުޅުމެއް އޮންނަ ޔުނައިޓަޑް އެރެބް އެމިރޭޓްސްއިން ޣައްޒާއަށް ކާނާ އެއަރޑްރޮޕް ކުރަށް ފަށާނެކަމަށް ބުނެފައިވާއިރު އނގިރޭސި ވިލާތުންވެސް ކާނާ އެއަރޑްރޮޕް ކުރުމާގުޅޭ ޕްލޭންއަކަށް އަމަލުކުރަން ތައްޔާރުވަމުންކަމުގައި ޔޫކޭގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އިންސާނީ ހައްޤުތަކުގެ ތަޖުރިބާކާރުން ވަނީ އިންސާނީ އެހީ އެއަރޑްރޮޕް ކުރުމަކީ ބަނޑަށް ޖައްސާ ހާންތިވެފައިވާ ރައްޔިތުންތަކަކަށް އެންމެ ރައްކާތެރި ގޮތް ނޫންކަމަށް ބުނެ އެއީ އަނެއްކާވެސް އެތައް މަރުގެ ދަންތުރަ ތަކަކަށް ވެދާނެކަމުގެ އިންޒާރު ދީފައެވެ.

"ޣައްޒާގެ ހައިހޫނު ކަމުގެ ހާލަތު ނިމުމަކަށް ގެނައުމަށް ބޭނުންވަނީ ޣައްޒާގެ ބޯޑަރުތައް ހުޅުވާލާ, އިންސާނީ އެހީ ޣައްޒާއަށް އެތެރެކުރަން ހުއްދަ ދިނުން. އަދި އެތަކެރި ޣައްޒާގެ ރައްޔިތުންގެ ފުރާނައަށް ނުރައްކާ ނުވާނެ ގޮތަށް, އަބުރުވެރިކަމާއެކު ރައްޔިތުންނަށް ލިބިދޭނެ އިންތިޒާމްތަކެއް ހަމަޖެހިގެން ދިއުން" އަންރްވާގެ ވެރިޔާ ފިލީޕޭ ލަޒާރިނީ އިއްޔެ ބުނެފައި ވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow