އެފްއޭއެމްގެ އެކްސްކޯއަށް އިންތިޚާބުވުމާއެކު އުމެއިރު ކުޅުން ހުއްޓާލައިފި
މުޙައްމަދު އުމެއިރު: ފޮޓޯ-އުމެއިރު ފޭސްބުކް

އެފްއޭއެމްގެ އެކްސްކޯއަށް އިންތިޚާބުވުމާއެކު އުމެއިރު ކުޅުން ހުއްޓާލައިފި

5 hours ago - 09:27
Jul 27, 2025 - 09:27

އެފްއޭއެމްގެ އެކްސްކޯއަށް އިންތިޚާބުވުމާއެކު މުޙައްމަދު އުމެއިރު ކުޅުން ހުއްޓާލައި, އެކަން އިއުލާނުކޮށްފިއެވެ. ގައުމީ ޓީމްގެ ކުރީގެ ފޯވާޑް އަހުމަދު ތާރިގު (ޓޮމް)ގެ އެކްސްކޯގައި ހިމެނި އުމެއިރު އެކްސްކޯއަށް އިންތިޚާބުވީ އިއްޔެއެވެ. އަދި ކުޅުން ހުއްޓާލިކަން އިއުލާނުކުރީވެސް އިއްޔެއެވެ.

އުމެއިރު ފޭސްބުކްގައި ލިޔނު ދިގު ޕޯސްޓްގައި ބުނީ އެފްއޭއެމްގެ އެކްސްކޯއަށް އިންތިޚާބުވުމާ ގުޅިގެން ފުޓްބޯޅަ ކުޅުމުން ފަހަތަށް ޖެހިލާ, އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއްގެ ގޮތުގައި އައު މަސްއޫލިއްޔަތެއް އުފުލަން ފަށަން ތައްޔާރުވާ ކަމަށެވެ. ކުޅުން ހުއްޓާލާކަން އިއުލާނުކުރަމުން އުމެއިރު ވަނީ އޭނާގެ ކެރިއަރުގައި އެހީތެރިވި ހުރިހާ ކޯޗުންނަށް ޝުކުރުއަދާކޮށްފައެވެ. އެގޮތުން އެންމެ 16 އަހަރުގައި އޭނާ މާލެ ގެނެސް ފުރުޞަތު ދިން ކޯޗު ލިރުޣާމް ސައީދު (ލަރޭ) އާއި 16 އަހަރުން ދަށުގެ ގައުމީ ޓީމުން ފުރުޞަތު ދިން މުޙައްމަދު ޝިޔާޒު (މޯހަން) އާއި ދާދިފަހުން ނިޔާވި ކޯޗު އިހުސާން ޢަބްދުލްޣަނީ (ސާންތި) ގެ ނަން ހިމެނެއެވެ. މީގެއިތުރުން ކްލަބް ފުޓްބޯޅައިން ފުރުޞަތު ދިން ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އާއި އަލީ ސުޒޭންގެ ނަން ފާހަގަކުރިއެވެ. ވިކްޓްރީން އުމެއިރު ކްލަބް ފުޓްބޯޅަ ކެރިއަރު ފެށީ 17 އަހަރުގައެވެ.

އުމެއިރު ވަނީ ގައުމީ ޓީމްގެ އިތުރުން އުމުރުފުރާގެ ގައުމީ ޓީމްތަކަށް ކުޅެފައެވެ. 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ހޯދި ޓީމްގެ ސްކޮޑްގައި އޭނާ ހިމެނެއެވެ. ކްލަބް ލެވެލްއަށް ބަލާއިރު ވިކްޓްރީން ފަށާ ނިއުރޭޑިއަންޓާ, ވީބީއާއި, މާޒިޔާއާއި, ވެލެންސިޔާގައި ކާމިޔާބު ހޯދިއެވެ. އަދި ގްރީން ސްޓްރީޓްއަށްވެސް އޭނާ ކުޅުނެވެ. އުމެރިއު ވަނީ އެއިން ކޮންމެ ޓީމެއްގައި ކުޅުނުއިރު ކޯޗުންނާއި އެއްކޮޅަށް އަދި އިދިކޮޅަށް ކުޅުނު ކުޅުންތެރިންނަށްވެސް ޝުކުރު އަދާކޮށްފައެވެ.

ރައްޖޭގެ ބޮޑަތި ކްލަބްތަކާއެކު އުފުލާލި ތަށިތަކުގެ އިތުރުން އުމެއިރު ވަނީ އިންޑިވިޖުއަލް އެވޯޑްތައްވެސް ހޯދާފައެވެ. މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ތަކުރާރުކޮށް ހިމެނުނެވެ. ޑިފެންސްގެ އިތުރުން މިޑްފީލަޑަރަކަށް އަދި ފޯވާޑަކަށް މޮޅަށް ކުޅުނެވެ.

Advertisement
Advertisement

ކުޅުން ހުއްޓާލިއިރު އުމެއިރު ވަނީ އެކަޑަމީ ތަކުގައި ކޯޗިންގ މަސައްކަތް ފަށާ, ޒުވާން ކުޅުންތެރިން އުފެއްދުމަށް ދަނޑަށް ނުކުމެފައެވެ.

"ޒުވާނުންގެ ސަފުތަކުން ފެށިގެން ޤައުމު ތަމްސީލުކުރުމާ ހަމައަށް، މިއީ ހައިރާންކުރުވަނިވި ދަތުރެކެވެ. އަހަރެންގެ ކެރިއަރު އެކުލަވާލުމުގައި އެހީތެރިވެދެއްވި ހުރިހާ ކޯޗުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ - ތިޔަ ކޮންމެ ބޭފުޅަކަށް އަހަރެން ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ." އުމެއިރު ލިޔެފައި ވެއެވެ.

އެފްއޭއެމްގެ އެކްސްކޯގައި މަސައްކަތް ފަށާއިރު އުމެއިރު ދޭ ޔަގީންކަމަކީ ތެދުވެރިކަމާއެކު ޒުވާނުންނަށް ޓަކައި, ފުޓްބޯޅައަށްޓަކައި މަސައްކަތްކޮށްދޭނެ ކަމުގެ ޔަގީންކަމެވެ.

"އައު މަޤާމު އަދާކުރަން ފަށާއިރު، އަހަރެން އަނބުރާ ދޭން ވައުދުވަނީ - ޚާއްޞަކޮށް އަހަރެމެންގެ ޒުވާނުންނަށް. 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ބައިވެރިއެއްގެ ގޮތުގައި ހުރުމުން އަހަރެންނަށް ހަނދާންކޮށްދިނީ އެއްބައިވަންތަކަމާއި އީމާންތެރިކަމުން ހާސިލުކުރެވޭނެ ކަންތައްތަކެވެ." އުމެއިރު ލިޔެފައިވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow