
ކޯޗް ބަދަލުނުކުރަނީސް ލެވަންޑޮސްކީ ދެން ޕޮލެންޑްގެ ޤައުމީ ޓީމަށް ނުކުޅޭނެ
ޕޮލެންޑް ގެ ކޯޗުގެ މަޤާމުގަައި މިޝަލް ޕްރޮބިއާޒް ހުއްޓައި ދެން ޤައުމީޓީމަށް ނުކުޅޭނެކަމަށް ބާސެލާނާއަށް ކުޅެމުންއަންނަ އެގައުމުގެ ފޯވާޑް ރޮބާޓް ލެވަންޑޮސްކީ ބުނެފިއެވެ.
ބާަސާގައި ދިގު އަދި ބުރަ ސީޒަނަކަށްފަހުން 'ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވަރުބަލިވެފައި' ވާ ކަމަށާއި އެހެންކަމުން މިހަރު މި ހިނގާ ބައިނަލްއަޤުވާމީ ބްރޭކްގައިވެސް އޭނާ ކްލަބުން ނުފެންނާނެކަމަށް ވަނީ ބުނެފައެވެ
ލެވަންޑޮސްކީގެ ބަދަލުގައި ޕޮލެންޑްގެ ކޯޗުގެ މަޤާމަށް މިހާރުވަނީ ޕިއޮޓްރް ޒެއިލެންސްކީ ހަމަޖައްސާފައެވެ. އެމައްސަލައިގައި ކޯޗާއިމެދު ލެވަންޑޮސްކީގެ އިތުބާރު ވަނީ ގެއްލިފައެވެ.
ލެވަންޑޮސްކީ ބައިނަލްއަޤުވާމީ ފުޓްބޯޅައިން ރިޓަޔާކުރާ ކަން އިއުލާންކޮށްފައި ވީ ނަމަވެސް އޭނާއަށް އެނބުރި ޤައުމީޓީމާ މުޅިން ވަކިވާކަން އިއުލާނެއް ނުކުރެއެވެ.
"މި ވަގުތުގެ ކަންކަން ހުރި ގޮތުން، އަދި ކޯޗަށް އިތުބާރު ނެތުމުން އަހަރެން ގަސްތުކޮށްފިން މިހާރުގެ ކޯޗު ޓީމާ ހަވާލުވެގެން ހުރިހާ ދުވަހަކު އަލުން ޤައުމީޓީމަށް ނުކުޅެން. 36 އަހަރުގެ ލެވަންޑޮސްކީ އޭނާގެ މީސްމީޑިއާގައި ބުނެފައި ވެއެވެ.
އެހެންނަމަވެދް ދުނިޔޭގެ އެންމެ ރަނގަޅު ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމުގެ ފުރުޞަތު އޭނާއަށް އަދި ލިބޭނެކަމަށް އުއްމީދުކުރާ ކަމަށްވެސް ލެވަންޑޮސްކީ ބުނެފައި ވެއެވެ.
ސީޒަންގެ އެންމެ ފަހުކޮޅު ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ބާސެލޯނާ ގެ މުހިންމު ދެެތިން މެޗެއް ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގު ސެމީ ފައިނަލް ގައި އިންޓަރ މިލާން އާ ދެކޮޅަށް ކުޅުނު މެޗާއި ސްޕެނިޝް ކަޕްގެ ފައިނަލްގައި ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުވެސް ހިމެނެއެވެ.
ޕޮލެންޑްގެ ގައުމީޓީމަށް މިހާތަނަށް އެންމެ ގިނަ ގޯލް ޖަހައިދީ އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑްވެސް އޮންނަނީ ލެވަންޑޮސްކީ އަތުގައެވެ. އެއީ 158 މެޗުން 85 ގޯލެވެ.
ރިއެކްޝަންސް






