ދިވެހިރާއްޖޭގެ ކާބޯތަކެތީގެ އިންފްލޭޝަން ދަށްވެއްޖެ!

ދިވެހިރާއްޖޭގެ ކާބޯތަކެތީގެ އިންފްލޭޝަން ދަށްވެއްޖެ!

3 hours ago - 10:52
Advertisement
Advertisement

މާލެއާއި އަތޮޅުތެރޭގައި ވެސް ކާބޯތަކެތީގެ އަގުތައް އުފުލޭ މިންވަރު ނުވަތަ އިންފްލޭޝަން ވޭތުވެދިޔަ ދެތިން މަހުގެ ތެރޭގައި ވަރަށް ބޮޑަށް ދަށަށް ގޮސް، 5.6 ޕަސެންޓަށް ތިރިވެފައިވާ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.


މިއަހަރު ފެށުނުއިރު 1.2 ޕަސެންޓުގައި ހުރި ކާބޯތަކެތީގެ އިންފްލޭޝަން، މާޗް މަހަށްފަހު ވަރަށް ބޮޑަށް އުފުލެން ފެށިއެވެ. އެގޮތުން މާޗް މަހު 1.9 ޕަސެންޓުގައި ހުރުމަށްފަހު، އަހަރުގެ މިހާތަނަށް އެންމެ މައްޗަށް ރެކޯޑުކުރެވުނީ ޖޫން މަހުއެވެ. އެ މަހު އިންފްލޭޝަން 7.3 ޕަސެންޓަށް އެރި ނަމަވެސް، އޭގެ ފަހުން އަގުތައް ވަނީ މައިތިރިވާން ފަށާފައެވެ. އެގޮތުން، މިދިޔަ އޮގަސްޓް މަހު ކާބޯތަކެތީގެ އިންފްލޭޝަން ވަނީ ޖޫން މަހާ އަޅާބަލާއިރު 1.6 ޕަސެންޓް ދަށްވެފައެވެ.


އަގުތަކަށް އައި ބަދަލުތަކަށް ވަކިވަކިން ބަލާއިރު، މާލޭގައި ކާބޯތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނީ ޖޫން މަހުގައެވެ. އެއީ 7.5 ޕަސެންޓުގައެވެ. އަތޮޅުތެރޭގައި އަގުތައް އެންމެ ބޮޑަށް މަތިވެފައިވަނީ ޖޫން އަދި ޖުލައި މަހުގައެވެ. އެ ދެ މަހުވެސް އަތޮޅުތެރޭގެ ކާބޯތަކެތީގެ އިންފްލޭޝަން ހުރީ 7.1 ޕަސެންޓުގައެވެ.


ދަތުރުފަތުރުގެ ދާއިރާއަށް ބަލާއިރު، މިދިޔަ އޮގަސްޓް މަހު އެ ދާއިރާގެ އިންފްލޭޝަން ހުރީ 8 ޕަސެންޓުގައެވެ. މިއަހަރުގެ މާޗް މަހުން ފެށިގެން ދަތުރުފަތުރުގެ އިންފްލޭޝަން 8 އާއި 9 ޕަސެންޓާ ދެމެދުގައި އުޅޭއިރު، މިއީ މެދުއިރުމަތީގެ ހަނގުރާމައާއި ހަމަނުޖެހުންތަކާ ގުޅިގެން ދަތުރުފަތުރުގެ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން އައި ބަދަލެއް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.


ދަތުރުފަތުރުގެ ޚަރަދުތައް އަދިވެސް އެއްވަރެއްގައި ހިފެހެއްޓިފައި ހުރި ނަމަވެސް، ކާބޯތަކެތީގެ އިތުރުން އެހެނިހެން މުހިންމު ދާއިރާތަކުން އަގުތައް އުފުލޭ މިންވަރު ދަށަށް ދިއުމާ ގުޅިގެން، ރާއްޖޭގެ ޖުމްލަ (އޯވަރޯލް) އިންފްލޭޝަން މިހާރު ހުރީ 0.8 ޕަސެންޓުގައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement