އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި އަދި  ރެޑްވޭވް ފިހާރަ ލޫޓުވަން ގޮވާލި މައްސަލައިގައި އެމްޑީޕީގެ އެކްޓިވިސްޓު ޖުމާން ހައްޔަރުކޮށްފި

އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި އަދި ރެޑްވޭވް ފިހާރަ ލޫޓުވަން ގޮވާލި މައްސަލައިގައި އެމްޑީޕީގެ އެކްޓިވިސްޓު ޖުމާން ހައްޔަރުކޮށްފި

3 hours ago - 10:48
Advertisement
Advertisement

ބައެއް ޢިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ރެޑްވޭވް ފިހާރަ ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ގޮވާލި މައްސަލައެއްގައި އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ޢަލީ ޖުމާން (ޑެތު) ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި، ޢިމާރާތްތަކާއި އުޅަނދުފަހަރުގައި އަލިފާން ރޯކުރުމަށާއި ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާގައި ހިތްވަރުދީ، އެކަމަށް ގޮވާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ޢުމުރުން 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން މީގެ ދުވަސްކޮޅެއް ކުރިން ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ޖުމާން ކޮށްފައިވާ ޕޯސްޓު މިހާރު ވަނީ ޑިލީޓްކޮށްލާފައެވެ.

މީގެ ކުރިން ވެސް، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެމްޑީޕީން "ލޫޓުވައިފި ލޫޓުވައިފި" ގެ ނަމުގައި މަގުމަތީގައި ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ވެސް ޖުމާން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިފަދަ ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އަޅަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި ސުޕްރީމް ކޯޓުގެ ޢިމާރާތުގައި ހުޅުޖެހުމަށް ގޮވާލި މައްސަލައިގައި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒިހާން ވެސް ދާދިފަހުން ވަނީ ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިދީފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement