
ފުލިދޫ ކަނޑުގެ ސަރަހައްދަށް ތެޔޮ އެޅިފައިހުރިތޯ އެމްއެންޑިއެފްއިން ބަލަނީ
ވ.ފުލިދޫ ކަނޑުގެ ސަރަހައްދަށް ތެޔޮ އެޅިފައިހުރިތޯ އެމްއެންޑިއެފްއިން ބަލަމުންދާކަމަށް ބުނެފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ ފުލިދޫ ކައިރި ކަނޑުގެ ސަރަހައްދު ބަލަނީ އެރަށު ފަޅުތެރެއަށާއި ގޮނޑުދޮށަށް ގިނަ އަދަދެއްގެ ކަޅުތެޔޮ ފެތުރިފައިވާތީ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދު ކަނޑަށް އިތުރަށް ކަޅުތެޔޮ އެޅިފައިވޭތޯ ބެލުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އުޅަނދު ހަލަވެލި ހަރަކާތްތެރިވަމުން ދާކަމަށް ވިދާޅުވިއެވެ.
ފުލިދީ ގޮނޑުދޮށަށް ތެޔޮތައް ލައްވެފައިވާ ވީޑިއޯ އާއި ފޮޓޯ ސޯޝަލް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ. ފުލިދޫ އަކީ ގެސްޓްހައުސްގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ ރީތި ރަށެކެވެ.
ރިއެކްޝަންސް






