އެސްޓިއޯ މެދުވެރިކޮށް ބާޒާރަށް މިރުސް ނެރޭނީ ކަނޑޫދޫ މީހުންނަށް ގެއްލުން ނުވާގޮތަށް- ރައީސް
ރައީސް މުއިއްޒު ކަނޑުދޫގައި ވާހަކަ ދައްކަވަނީ: ފޮޓޯ-ރައީސް އޮފީސް

އެސްޓިއޯ މެދުވެރިކޮށް ބާޒާރަށް މިރުސް ނެރޭނީ ކަނޑޫދޫ މީހުންނަށް ގެއްލުން ނުވާގޮތަށް- ރައީސް

20 days ago - 14:33
Sep 24, 2025 - 14:33
Advertisement
Advertisement

އެސްޓިއޯ މެދުވެރިކޮށް ބާޒާރަށް މިރުސް ނެރޭނީ ކަނޑޫދޫ މީހުންނަށް ގެއްލުން ނުވާގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިޔަގީންކަން ދެއްވީ މިއަދު ކަނޑޫދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމުގެ ޔަގީންކަން ދެއްވީ އެސްޓީއޯ މެދުވެރިކޮށް ރާއްޖެ އެތެރެކުރާ އަސާސީ ކާބޯތަކެތީގެ ތެރޭގައި މިރުސް ހިމަނާފައިވާތީ އެކަން އޮތްގޮތް އޮޅުންފިލުއްވައިދެއްވުމުގެ ގޮތުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެސްޓީއޯ މެދުވެރިކޮށް ބާޒާރުގައި ވިއްކުމަށް ނިންމި ކާބޯތަކެތީގެ ތެރޭގައި މިރުސް ހިމެނިފައިވީނަމަވެސް އެކަން ސަރުކާރުން ކުރަމުންގެންދާނީ ކަނޑޫދޫގެ ވިޔަފާރިވެރިންނަށް އެކަމުގެ އެއްވެސް ގެއްލުމެއް ނުވާގޮތަށް ކަމަށެވެ.

ކަނޑޫދޫއަކީ ރާއްޖޭގެ ދަނދުވެރިކަމުގައި މިރުސް ހެއްދުމަށް މުހިއްމު ރަށެކެވެ. އެކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑޫދޫ ވިޔަފާރިވެރިން މިރުސް ވިއްކާ އަގުގައި ގަނެގެން، އެފައިދާ ރައްޔިތުންނަށް ލިބޭގޮތަށް އެސްޓީއޯއިން އެކަން ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ރަށުގެ ދަނޑުވެރިންނަށް ލިބޭފައިދާ އިތުރުކޮށްދިނުމަށް ބޭނުންފުޅުވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޚަރަދުކުޑަގޮތެއްގައި ކަނޑޫދޫގައި މިރުސް ހެއްދުމަށް މިހާރުހުރި ދަތިތައް ކުޑަކޮށްދެއްވުމަށް ދަނޑުވެރިކަމާބެހޭ ވުޒާރާގެ ޓީމެއް ކަނޑޫދޫއަށް ފޮނުއްވާނެ ކަމަށެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement