
މާލެއިން 31 އަހަރުގެ ދިވެހި އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި
މާލެއިން 31 އަހަރުގެ ދިވެހި އަންހެނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ޚިދުމަތުން ފަށައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ގެއްލިގެން ހޯދަމުން ދަނީ ތ. ތިމަރަފުށި، ސަލްވާ، އުމުރުން 31 އަހަރުގެ ފާތިމަތު ޝަހުދާ ކަމަށެވެ.
އޭޕްރިލް 22، އިން ފެށިގެން އޭނާގެ ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓު ކުރީ އޭޕްރިލް 24، ގެ 8:00 ޖަހާއިކަށްހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފާތިމަތު ޝަހުދާގެ އާއިލާއާ ހަވާލާދީ ފުލުހުން ވިދާޅުވީ އޭނާ އެންމެ ފަހުން ފެނުނީ އަލިކިލެގެފާނުމަގު ސިޓީ ޕާކު ސަރަހައްދުން، ފެހި ކުލައިގެ ހެދުމެއްގައި ކަމަށެވެ.
އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އެކަން ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަން ނަންބަރު 9792269 އަށް ގުޅުމަށް ފުލުހުން އެދިލައްވައެވެ.
ރިއެކްޝަންސް






