އިސްރާއީލު ޕާސްޕޯޓު މަނާކުރި ނިންމުމަށް މެލޭޝިޔާގެ ބޮޑުވަޒީރު ތަޢުރީފުކުރައްވައިފި
ރައީސުލްޖުމުހޫރިއްޔާ އާއި މެލޭޝިއާގެ ބޮޑުވަޒީރު / ފޮޓޯ: ރައީސް އޮފީސް

އިސްރާއީލު ޕާސްޕޯޓު މަނާކުރި ނިންމުމަށް މެލޭޝިޔާގެ ބޮޑުވަޒީރު ތަޢުރީފުކުރައްވައިފި

12 months ago - 11:17
Apr 28, 2025 - 11:21
Advertisement
Advertisement

ދިވެހިރާއްޖެއިން އިސްރާއީލުގެ ޕާސްޕޯޓު މަނާކުރި ނިންމުމަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ތަޢުރީފުކުރައްވައިފިއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު، ރައީސް މުއިއްޒުއަށް ތައުރީފުކުރައްވާފައި ވަނީ ރައީސް މުޢިއްޒު މިހާރު މެލޭޝިޔާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ބޭއްި ޕްރެސް ބްރީފިންގައި ދެއްކެވި ވާހަކަފުޅުގެ ތެރޭގައެވެ. ބޮޑުވަޒީރު އަންވަރު ވިދާޅުވީ މިއީ ރައީސް މުޢިއްޒު ނިންމެވި ވަރަށް ހިތްވަރުގަދަ ނިންމެވުމެއް ކަމަށާއި، އަދި އިސްރާއީލަށް ފިޔަވަޅު އެޅުމަކީ އެމަނިކުފާނުގެ ވެސް ވިސްނުންފުޅު ކަމަށެވެ.

މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައްވައި، ދިވެހިން އަބަދުވެސް ފަލަސްތީނު ރައްޔިތުންނާއެކު ދެމިތިބޭނެ ކަމަށް ވިދާޅުވެފައެވެ.

އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް އިމިގްރޭޝަން ޤާނޫނަށް ގެނައި އިސްލާހު ރައީސް މުޢިއްޒު ތަސްދީގުކުރެއްވީ އޭޕްރީލް 15 ގައެވެ. މި ނިންމުން ނިންމެވީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެންކަމަށް ރައީސް މުއިއްޒުވަނީ ވިދާޅުވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement