ހައުސިންގ މިނިސްޓްރީން އެއްވެސް ލިޔެކިޔުމެއް މަދުވެފައެއް ނުވޭ: ފުލުހުން

ހައުސިންގ މިނިސްޓްރީން އެއްވެސް ލިޔެކިޔުމެއް މަދުވެފައެއް ނުވޭ: ފުލުހުން

1 hour ago - 22:05
Advertisement
Advertisement

ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން އެއްވެސް ލިޔެކިޔުމެއް ނުވަތަ އެހެން އެއްޗެއްވެސް މަދުވެފައި ނުވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.


ފުލުހުން ވިދާޅުވީ، އެ ވުޒާރާގެ ރަސްމީ ލިޔެކިޔުންތަކެއް އަޅާފައިހުރި ލޮކަރުތަކެއް އޮންނަ އުސޫލުން ބޭރުން ހުޅުވާފައިވާ ކަމުގެ ރިޕޯޓް ހުކުރު ދުވަހުގެ ރޭ 19:18 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެ ރިޕޯޓާ ގުޅިގެން ފުލުހުން އެ ވުޒާރާއަށް ގޮސް މައްސަލަ ބަލައި ތަޙުޤީޤުކޮށްފައިވެއެވެ.


އެގޮތުން، ފުލުހުންގެ ހާޒިރުގައި އެ ވުޒާރާގެ މުވައްޒަފުން އެ ލިޔެކިޔުންތައް ބަލައި ޗެކްކުރިއިރު، އެއްވެސް ލިޔުމެއް ނުވަތަ އެހެން އެއްޗެއްވެސް މަދުވެފައި ނުވާކަން ކަށަވަރުކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.


ފުލުހުން މިކަން ސާފުކޮށްދެއްވާފައި މިވަނީ، ބިނާރާ ބެހޭ ވުޒާރާގެ ލިޔެކިޔުންތަކެއް ހުރި ލޮކަރުތަކެއް ހުޅުވާފައި ހުރިކަމަށް ބުނެ ބައެއް މީޑިއާތަކުން އެކި ގޮތްގޮތަށް ޚަބަރު ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement