މަސްވެރިންނަށް ފައިސާ ޖަމާކުރަނީ
މިއަދު ޖަމާކުރަނީ މިދިޔަ މަސް ދުވަހުގެ ފައިސާ

މަސްވެރިންނަށް ފައިސާ ޖަމާކުރަނީ

19 days ago - 18:28
Advertisement

މިފްކޯއިން މަސްވެރިންނަށް ފައިސާ ޖަމާކުރަން ފަށައިފިއެވެ. މިއަދު މިފްކޯއިން ޖަމާކުރަނީ މަސްވެރިން ކިރުވި މަހަށްވާ17.3 މިލިއަން ރުފިޔާ އެވެ.

މިފްކޯއިން ޖަމާކުރާ 17.3 މިލިއަން ރުފިޔާ އަކީ އޮގަސްޓް 24 ން ސެޕްޓެމްބަރު 25 ގެ ނިޔަލަށް ކިރުވި މަހުގެ ފައިސާ އެވެ. މިފްކޯއިން ބުނެފައިވަނީ މިފައިސާ އެއްކޮށް މިއަދު އޮޑިވެރިންނަށް ޖަމާވާނެ ކަމަށެވެ. ފައިސާ ޖަމާކުރަނީ ސަރުކާރުގެ އެހީތެރިކަމާއެކު ކަމަށް މިފްކޯއިން ބުންޏެވެ.

މިފްކޯއިން މިއަދު ފައިސާ ޖަމާކުރާއިރު ފައިސާ ނުލިބޭތީ ބައެއް ރަށްރަށުގައި މަސްވެރިން އަޑު އުފުލާ, ފިޝަރީޒް މިނިސްޓްރީންގެ ޓީމްތައް އެރަށްރަށަށް އެރުމަށްވެސް ވަނީ ދެކޮޅު ހަދާފައެވެ. އެފަދަ ދެ ހާދިސާއެއް މިހަފްތާގައި ވަނީ ހިނގާފައެވެ.

މިސަރުކާރުން ވެރިކަމަށް އައީ މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކުރުމުގެ ވައުދާ އެކުއެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement