ޗައިނާ ދެ ފަތުރުވެރިއެއްގެ ދަބަސް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
ދެފަތުރުވެރިންގެ ދަބަސް ވަގަށް ނެގި ޛަބީޙް

ޗައިނާ ދެ ފަތުރުވެރިއެއްގެ ދަބަސް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

19 days ago - 14:04
Advertisement

ޗައިނާ ދެ ފަތުރުވެރިއެއްގެ ދަބަސް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ. މައްސަލައިގައި ހައްޔަރުކުރީ ގދ.ތިނަދޫ ރަންފަރު ޛަބީޙް މުޙައްމަދެވެ.

ފުލުހުން ބުނީ ޛަބީޙް ހައްޔަރުކުރީ މޭރީބްރައުންއާ ދިމާލުން ބޮޑުތަކުރުފާނު ބުރު މަތީގައި ޗައިނާގެ ދެ ފަތުރުވެރިއަކަށް ހަނދާން ނެތިގެން ބޭއްވުނު ދަބަހެއް ވަގަށް ނެގި މައްސަލައިގައި ކަމަށެވެ. އެމައްސަލަ ފުލުހުންނަށް ރިޕޯރޓް ކުރީ އިއްޔެ އިރުއޮއްސޭއިރު 7:12 ގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ގަލޮޅު ފޮލިހުން ކުރި މަސައްކަތުން ދަބަސް ފެނުނީ ރޭގެ ވަގުތެއްގައި ކަމަށާއި, 22:15 ގައި ވެރިފަރާތާ ދަބަސް ހަވާލުކުރި ކަމަށެވެ. ދަބަސް ފެނުނުއިރު އޭގައި ހުރި ބައެއް ސާމާނު ވަނީ ވިއްކާލާފައެވެ. ނަމަވެސް ފުލުހުން ބުނީ އެތަކެތިވެސް ހޯދާފައިވާ ކަމަށެވެ.

ދަބަހުގައި ލެޕްޓޮޕާއި, ޕަވަރބޭންކާއި, ހާޑް ޑްރައިވާއި, އެމީހުންގެ ޕާސްޕޯރޓްވެސް ހުރި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement