އަޅުގަނޑުގެ މުޅި ސިޔާސަތު ބިނާކުރަނީ  މިނިވަންކަމުގެ މައްޗަށް- ރައީސް މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ފޮޓޯ-ރައީސް އޮފީސް

އަޅުގަނޑުގެ މުޅި ސިޔާސަތު ބިނާކުރަނީ މިނިވަންކަމުގެ މައްޗަށް- ރައީސް މުއިއްޒު

12 days ago - 13:01
Advertisement

ސަރުކާރުގެ މުޅި ސިޔާސަތު ބިނާކުރަނީ މިނިވަންކަމުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރަމުންދާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ މުޅި ސިޔާސަތު ބައްޓަން ކުރަނީ ޤައުމިއްޔަތުގެ މައްޗަށް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް މިނިވަންކަމުގެ ބަތަލުން ކަމަށެވެ. އަދި ދިވެހިންގެ ތަބީއަތަކީ މިނިވަންކަމާއެކު ދެމިތިބުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ,. އެހެންވީމާ އެމަނިކުފާނުގެ މުޅި ސިޔާސަތި ބިނާކުރަނީ އެއަސާސްގެ މައްޗަށްކަމަށް ވިދާޅުވިއެވެ.

" މިއަދު ރާއްޖޭގައި ބޭރުގެ ސިފައިން ގާއިމްވެ ނެތީ އެހެންވެގެން. މިއަދު ރާއްޖެ ބަލަހައްޓަން އެންމެ ޒަމާނީ ޓެކްނޮލިޖީއާއެކު އުޅަނދުތައް އުދުހެމުން އެދަނީ އެހެންވެގެން. އަދި މިއަދު ދިވެހި ޤައުމިއްޔަތުގެ ޚާއްޞަ ނިޒާމެއް ތަޢާރަފްކުރެވި, އެދާއިރާގެ ތައުލީމާއި ހޭލުންތެރިކަން ޢާއްމުކުރަމުން މިދަނީ. މިމުހިއްމު ބޭނުމުގައި." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހި ޤައުމިއްޔަތުން ދަސްވާނީ ދިވެހިވަންތަކަން ކުރިއަރުވަން ކަމަށެވެ. އަދި ޤައުމިއްޔަތުން ދަސްވާނީ މިލޮބުވެތި ދިވެހިރާއްޖެ ނުވަތަ ދިވެހި ފަސްގަނޑާއި, ދިވެހިން ހަވާލުވާންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކަސިޔާރު ފިކުރީ ރާޅުތަކުން އަޅުގަނޑުމެންގެ ޖީލުތަކުގެ ހިތްތަކާއި ވިސްނުންތައް ސަލާމަތްކުރަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. މިކަމުގައި ކޮންމެ ބެލެނިވެރިއަކާއި, ކޮންމެ މުދައްރިސެއް އަދި ކޮންމެ ރައްޔިތެއްގެ އިސްނެންގެވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމެއް ދެމި ތިބުމަށް ޓަކާ، ނުވަތަ މާދަމާގެ ސަލާމަތް ކަށަވަރުކުރުމަށް ޓަކާ، އެންމެ އިސްކަމެއް ދެނީ އެބައެއްގެ ރާއްޖެ އެބައެއްގެ މިލްކުގައި ބާއްވާން ކަމަށއެވެ. އެއީ ޠަބީޢީ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement