ފުވައްމުލަކުގައި މިއަދު ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި
އިތުރު ފަރުވާއަށް އޭނާ މާލެ ގެންދިޔައިރުވެސް ހޭނާރާ ކަމަށް އާއިލާ މެންބަރަކު އަމާޒް މީޑިއާއަށް މައުލޫމާތު ދެއްވި
މިއަދު ހެނދުނު ފުވައްމުލަކުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ އިތުރު ފަރުވާއަށް މާލެ ގެންގޮސްފިއެވެ.
އިތުރު ފަރުވާއަށް އޭނާ މާލެ ގެންދިޔައިރުވެސް ހޭނާރާ ކަމަށް އާއިލާ މެންބަރަކު އަމާޒް މީޑިއާއަށް މައުލޫމާތު ދެއްވިއެވެ.
މި އެކްސިޑެންޓްގައި އަނިޔާވި އެރަށު ވިދާ ޢަލީ އަދުނާނު އަޙްމަދުގެ ބޮލަށް ސީރިއަށް އަނިޔާތަކެއް ލިބިފައިވާ ކަމަށް ޑޮކްޓަރުންނާ ޙަވާލާދީ ޢާއިލާއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އޭނާގެ ފައި ބިންދައިގެން ގޮސްފައިވާ ކަމަށާއި ހާލު ސީރިއަސްކަމަށް އާއިލާއިން މައުލޫމާތު ޙިއްސާކުރިއެވެ.
އަދުނާނު އެކްސިޑެންޓް ވެފައިވަނީ މިއަދު ހެނދުނު އޭނާ ދުއްވާފައި ދިޔަ ސައިކަލު ފާރެއްގައި ޖެހިގެންނެވެ.
އޭނާ ވެއްޓިފައި އޮތް މަންޒަރު ދުށް ފަރާތްތަކުން ބުނެފައިވަނީ އެކްސިޑެންޓަށްފަހު ބޯފަޅައިގެން ލޭ ފައިބާފައިވާ ކަމަށެވެ.
ރިއެކްޝަންސް