
އާއްމު ދިރިއުޅުމަށް ބޭނުންކުރާ ހިދުމަތުގެ ކަރަންޓު ބިލުގެ ޖޫރިމަނާ މަޢާފުކުރަން ދީފައިވާ މުއްދަތު ހަމަވަނީ!
އާއްމު ދިރިއުޅުމަށް ބޭނުންކުރާ ހިދުމަތުގެ ކަރަންޓު ބިލުގެ ޖޫރިމަނާ މަޢާފުކުރަން ދީފައިވާ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، އާންމު ދިރިއުޅުމަށް ބޭނުންކުރާ ޚިދުމަތުގެ ކަރަންޓު ބިލުތަކަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ މަޢާފުކޮށް، ޖޫރިމަނާއާއި ނުލާ ފައިސާ ދެއްކުމުގެ ފުރުޞަތު ހުޅުވާލީ މިއަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުއެވެ.
ޖޫރިމަނާ މާފްކުރުމަށް އެދުމުގެ ޝަރުތު ހަމަވަނީ އާންމު ދިރިއުޅުމަށް ބޭނުންކުރާ ޚިދުމަތުގެ ބިލުތައް ނުވަތަ ޑޮމެސްޓިކް ކަސްޓަމަރުންގެ ބިލްތަކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ހަދާފައިވާ ކަރަންޓު ބިލުތަކުގެ ތެރެއިން ފައިސާ ނުދައްކާހުރި ބިލުތަކަށް. ޖޫރިމަނާ މާފްކޮށްދޭނެއެވެ.
ޖޫރިމަނާ މަޢާފުކުރެވެނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ހަދާފައިވާ ބިލުތަކުގެ ތެރެއިން ފައިސާ ނުދައްކާހުރި ބިލުތަކުގެ ޕްރިންސިޕަލް އަދަދު (ޖޫރިމަނާއާއި ނުލާ ބާކީ އަދަދު) ދެއްކުމުންނެވެ. އެއަދަދު ދެއްކުމުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ބިލަށް އަރާފައިވާ ޖޫރިމަނާ މަޢާފުކުރެވޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ޖޫރިމަނާއާއި ނުލާ ބާކީ އަދަދު ދެއްކޭނެގޮތަށް ބިލުތަކަށް ސްޓެލްކޯއިން ވަނީ ވަގުތީގޮތުން އެޖަސްމެންޓެއް ހިމަނާފައެވެ. އަދި އެ ބިލުތަކަށް މިމަހުގެ ނިޔަލަށް ޔޫސޭޖް އަދަދު (ޕްރިންސިޕަލް އަދަދު) ދައްކާ ހަލާސްނުކުރެވޭނަމަ، އެ ބިލުތަކުން އެޖަސްޓުކުރެވިފައިވާ ޖޫރިމަނާ އަދަދު އަންނަ ޖެހުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަލުން ބިލުތަކުގައި ހިމެނިގެންދާނެކަމަށް ސްޓެލްކޯއިން ބުންޏެވެ.
ރިއެކްޝަންސް






