މެޒޯ މޯޑްގެ ހަނދާނަށް ޝަރަފްވެރިކަމުގެ އިނާމް އަރުވައިފި
ޝަރަފްވެރިކަމުގެ އިނާމް ލިބިވަޑައިގެންނެވި ބޭފުޅުން ރައީސް މުއިއްޒުގެ އަރިހުގައި: ފޮޓޯ-ރައީސް އޮފީސް

މެޒޯ މޯޑްގެ ހަނދާނަށް ޝަރަފްވެރިކަމުގެ އިނާމް އަރުވައިފި

އެހެން ދެ ދާއިރާއަކުން އިތުރު ދެ ބޭފުޅަކަށްވެސް ޝަރަފް އެރުވި

6 hours ago - 11:54
Aug 24, 2025 - 11:56
Advertisement
Advertisement

ކުއްލި ގޮތަކަށް ނިޔާވި ލަވަޔާއި މިޔުޒިކީ ދާއިރާގެ ފަންނާނު އަލްމަރްޙޫމް މުޙައްމަދު މާޖިދުގެ ހަނދާނަށް ޝަރަފްވެރިކަމުގެ ޤައުމީ އިނާމް އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިޝަރަފް އެރުވީ އުތީމްގައި ބާއްވަމުންދާ މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ޝަރަފާ ހަވާލުވީ މުޙައްމަދު މާޖިދުގެ ދަރިކަލުން އަދި ލަވަކިޔުންތެރިޔާ މީރާ މުޙައްމަދު މާޖިދުއެވެ. މިއަހަރުގެ ފެބްރުއަރީ މަހު ކުއްލި ގޮތަކަށް ނިޔާވި މެޒޯ މޯޑަކީ ރާއްޖޭގެ މިޔުޒިކީ ދާއިރާގައި ވަރަށްބޮޑު މަޤްބޫލުކަމެއް ހޯއްދެވި, އެމަޤްބޫލްގައި ކަމުގައި ދެމިހުންނެވި ފަންނާނެކެވެ. މެޒޯ މޯޑް އަށް ޝަރަފްވެރިކަމުގެ ޤައުމީ އިނާމް ދެއްވީ ޕަރފޯމިންގ އާޓްސްގެ ދާއިރާއިންނެވެ. މެޒޯމޯޑް އަށް މީގެކުރިން ވަނީ ހިތްވަރު ދިނުމުގެ ގައުމީ އިނާމް ދެއްވާފައެވެ.

ޝަރަފްވެރިކަމުގެ ޤައުމީ އިނާމް އިތުރު ދެބޭފުޅަކަށް, ދެ ދާއިރާއަކުން ދެއްވިއެވެ. އެއީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ފަޟީލަތުއްޝައިޚް އިސްމާޢީލް މުޙައްމަދު އަށާއި އިމާރާތް ކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން މުޙައްމަދު މަޢުރޫފް ޖަމީލް އަށެވެ. މީގެތެރެއިން މައުރޫފް ޖަމީލަކީ ދާދިފަހުން އެޗްޑިސީގެ މެނޭޖިންގ ޑިރެކްޓަރު ކަމުން އިސްތިއުފާދެއްވި ކުރީގެ ވަޒީރެކެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement