މިއަދު އަޒުމް އާކުރަންވީ އިހު އޮތް ރިވެތި ސިފަތައް އަނބުރާ އިޔާދަކުރަން- ރައީސް ޑރ.މުއިއްޒު
ރައީސް މުއިއްޒު ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަނީ: ފޮޓޯ-ރައީސް އޮފީސް

މިއަދު އަޒުމް އާކުރަންވީ އިހު އޮތް ރިވެތި ސިފަތައް އަނބުރާ އިޔާދަކުރަން- ރައީސް ޑރ.މުއިއްޒު

ހިތަށް އަންނަހާ އެއްޗެއް ގަލަމުން ލިޔުމަކީ އޮތް މިނިވަންކަމެއް ނޫން

6 hours ago - 12:26
Aug 24, 2025 - 12:26
Advertisement
Advertisement

މިއަދު އަޒުމް އާކުރަންވީ އިހު އޮތް ރިވެތި ސިފަތައް އަނބުރާ އިޔާދަކުރަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ އުތީމްގައި ބޭއްވި މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މައިގަނޑު ވާހަކަފުޅު އަމާޒުކުރެއްވީ ދިވެހީންގެ ތެރޭގައި, ރާއްޖޭގައި އިހު އޮތް ރީތި ސިފަތަކަށެވެ. އަދި އެސިފަތައް ނެތިދިއުމުގެ ކަންބޮޑުވުމާއެކު އެ ސިފަތައް އަނބުރާ އިއާދަކުރަން ބާރު އެޅުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ރީތި, ވަރަށް ބަލައިގަންނަ ސިފަތަކެއް ހުރި ކަމަށެވެ. ވިދާޅުވީ މިއީ ދިވެއްސަކަށް ވީތީ ފަޚުރުވެރިވާ އެތައް ސިފައެއް އޮތް ގައުމެއް ކަމަށެވެ.

" މައިންބަފައިންނަށް އިހުތިރާމް އަދާކުރޭ. އަވަށްޓެރީންނަށް އޯގާތެރި. މުސްކުޅިންނަށް, އިސްރަށްވެހިންނަށް ހެޔޮކޮށް ހިތާ, ކުޑަކުދިންނަށް އަޅާލާ. މިހެންގޮސް ވަރަށް ރީތި ސިފަތަކެއް އޮތް ގައުމެއް މިއީ." ރައީސް ވިދާޅުވިއެވެ.

Advertisement
Advertisement

އެސިފަތައް ނެތިގޮސްފައިވާ ކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ މިއަދު އަޒުމް އާކުރަންވީ އެރީތި ސިފަތައް އިޔާދަކުރަން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އަޅުގަނޑުމެން ކޮންމެ މީހަކަށް އަބުރަކާއި އިއްޒަތަކާއި ޝަރަފަކާއި ލިބިފައިވާ ފަދައިން އަނެކާއަށްވެސް ހަމަ އެވަރަށް އެއިއްޒަތާއި އަބުރާއި ޝަރަފް ލިބިގެންވާކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަނެކާގެ އަބުރާއި ޝަރަފާއި އިއްޒަތަށް އަރައިގަތުމަކީ އަޅުގަނޑުމެން އެއްޗެސް މީހަކަށް އޮތް ހައްގެއް ނޫން ކަމަށެވެ. އަދި ހިތަށް އަންނަހާ އެއްޗެއް ތެދުދޮގު ބެލުމެއް ނެތި ދުލުން ބޭރުކޮށްލުމަކީވެސް އަޅުގަނޑުމެން ކޮންމެ މީހަކަށް އޮތް މިނިވަންކަމެއް ނޫންކަމަށް ވިދާޅުވިއެވެ. ހިތަށް އަންނަހާ އެއްޗެއް ގަލަމުން ލިޔުމަކީ އޮތް މިނިވަންކަމެއް ނޫންކަން ފާހަގަކުރައްވާ ވިދާޅުވީ މިކަންކަން އެންމެންވެސް ގަބޫލުކުރަން ޖެހޭ ކަމަށެވެ.

"އަތާ ދޫ ރައްކާތެރި ކުރުމަކީ އަޅުގަޑުމެން ކޮންމެ މީހެއްގެވެސް ވާޖިބެއް, މުސްލިމަކަށް ވީތީ އަދި އަމުދުން." ރައީސް ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement