ދޮޅު އަހަރުގެ ތެރޭގައި ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫން ބޯހިޔާވަހިކަން ހޯދައިދޭނަން- ރައީސް
ހިރިމަރަދޫ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދުމުގެ މަޝްރޫއުގައި ސޮއިކުރަނީ: ފޮޓޯ-ރައީސް އޮފީސް

ދޮޅު އަހަރުގެ ތެރޭގައި ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫން ބޯހިޔާވަހިކަން ހޯދައިދޭނަން- ރައީސް

ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގަން އެޗްޑީސީއާ ވަނީ ހަވާލުކޮށްފަ

6 hours ago - 18:24
Aug 24, 2025 - 18:26
Advertisement
Advertisement

ކުރިއަށް އޮތް ދޮޅު އަހަރުގެ ތެރޭގައި ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫން ބޯހިޔާވަހިކަން ހޯދައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެންވިދާޅުވީ ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު އެންމެ އާބާދީ މަދު ރަށްކަމަށްވާ، ހިރިމަރަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ސަރުކާރުން ވަނީ ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ނިންމަވާފައެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫއިން ދާއިމީ ބޯހިޔާވަހިކަން ހޯއްދަވައިދެއްވާއިރު، ކޮންމެ ގޯއްޗަކަށް ގޯއްޗެއް ދެއްވައި، ދޮޅު އަހަރުގެ ތެރޭގައި އެ ގޯތީގައި ގެއެއް އަޅުއްވައި ނިންމާނެކަމަށެވެ.

ހަނިމާދޫއަށް ހިރިމަރަދޫން ހިޖުރަކުރާ ރައްޔިތުންނަށް ޚާއްޞަކުރެވިފައިވާ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގުމާއި, މުނިސިޕަލް ޚިދުމަތްތައް ޤާއިމްކުރުމުގެ ފްރޭމްވަރކް އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި ދެމެދު މިއަދު ވަނީ ސޮއިކޮށްފައެވެ..

Advertisement
Advertisement

ހިރިމަރަދޫ ރައްޔިތުންގެ ގެދޮރުވެރިކަމުގެ މަޝްރޫޢާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހަނިމާދޫގައި ކޮންމެ ގޯއްޗަކަށް ގެއެއް އަޅުއްވައިދެއްވާއިރު، އެރަށަށް ބަދަލުވާމީހުންގެ ގޯތި ތަކުގެތެރޭގައި މިހާރު އިމާރާތެއް ނެތް ގޯތިތަކުގެ ބަދަލުގައި ދެއްވާ ގޯތިތަކުގައިވެސް ގެ އަޅުއްވައިދެއްވާނެ ކަމަށެވެ. އަދި ގޯތީގެ ބަދަލުގެ ގޮތުގައި ފައިސާގެ އެހީއެއްވެސް ދެއްވާނެ ކަމަށް ވިދާޅުވިއެވެ. ބަދަލުގައި ދެއްވާނެ ފައިސާގެ އެހީގެ އަދަދު އަދި ކަނޑައަޅުއްވާފައި ނެތް ނަމަވެސް، މިހާރު ސަރުކާރުން ބަދަލުގެ ގޮތުގައި ދެމުންދާ ފައިސާގެ އަދަދު މުޠާލިއާ ކުރެއްވުމަށް ފަހު، ދެއްވާ ފައިސާގެ އަދަދު އިތުރުވެގެންދާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން އާބާދީއާއި ތަރައްގީ އެއްފަސްކުރަނީ އެއްވެސް މަޖުބޫރުކަމެއް ނެތި ރައްޔިތުން ބޭނުންވެގެން ކަމަށެވެ. އެގޮތުން މިހާރުވެސް ދެ ތިން ރަށަކުން މީހުން ބަދަލުވުމަށް އެދިފައިވާ ކަމަށް ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement