ސިޔާސީ ލީޑަރުން ޖީލެއް ހަލާކުކޮށްލައިފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް: ފޮޓޯ-ޕީއެސްއެމް ނިއުސް

ސިޔާސީ ލީޑަރުން ޖީލެއް ހަލާކުކޮށްލައިފި

ރައީސް ގާނޫނީ ވެރިކަމެއް ކުރައްވާނެ

1 month ago - 09:18
Aug 7, 2024 - 11:06
Advertisement

އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުން ޖީލެއް ހަލާކުކޮށްލައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ޕީއެންސީ ހަރުގޭގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މުޖުތަމައުގައި މިއަދު އިޖުތިމާއީ ބޮޑަތި މައްސަލަތައް ހުރީ ޖީލެއް ހަލާކުކޮށްލުމުގެ ސަބަބުން ކަމަށެވެ. ރައްޔިތުން މިއަދު ބޭނުންވަނީ އަމާން ސުލުހަވެރި ގައުމެއް ބިނާވާން ކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ އަމާން ސުލުހަވެރި ގައުމެއް ބިނާކުރެއްވުން ކަމަށް ނައިބުރައީސް ވިދާޅުވިއެވެ.

 

"ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޤާނޫނީ ވެރިކަން ދަމަހައްޓާނެ ވާހަކަ އަޅުގަނޑު މިދަންނަވަނީ އެސަބަބުތަކަށް ޓަކައި"

Advertisement

 

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ރައީސް ޑރ.މުއިއްޒު ހިފަހައްޓަވާނެ އަސާސްތަކާއި މިންގަނޑުތަކެއް ހުންނާނެ ކަމަށެވެ. ރައީސް ރައްޔިތުންގެ އަޑު އައްސަވާނެ ކަމަށާއި, ވެރިކަން ކުރައްވާނީ އަޑު އައްސަވައިގެން ކަމަށް ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement