މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ މީހަކު އަމިއްލައަށް މަރުވެއްޖެ
މާފުށި ޖަލު

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ މީހަކު އަމިއްލައަށް މަރުވެއްޖެ

1 year ago - 22:55
Advertisement
Advertisement

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ މީހަކު އަމިއްލައަށް މަރުވެއްޖެއެވެ.

މިއަދު ހަވީރު މާފުށީ ޖަލުގައި ދަންޖެހިގެން މަރުވެފައިވަނީ އައްޑޫ ސިޓީ މަރަދޫ، ފޯ ފްލާވާ އިބްރާހިމް ޝަމްވީލް (23އ) އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ މިއަދު ހަވީރު 4:20 ހާއިރު ޝަމްވީލް މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށާއި ހަވީރު 4:55 ގައި އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރު ކަނޑައަޅާފައިވާ ކަމަށެވެ.

ޝަމްވީލަކީ މީހެއްގެ ފުރާނައަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކައި އެފަދަކަމެއް ކޮށްފާނެކަމުގެ ކުށުގައި އެއް އަހަރާއި ހަ މަސް ދުވަހުގެ ހުކުމެއް ތަންފީޒުކުރަމުންދިޔަ މީހެއްކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

ކަރެކްޝަންސް އިން ވިދާޅުވީ ޝަމްވީލް މަރުވުމާ ގުޅިގެން އެ ސާވިސްއިން ވަނީ ވަގުތުން އެކަން ފުލުހުންނަށާއި އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންއަށް އަންގާފައި ކަމަށެވެ.

 

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement