ގްރީން ޒޯނުގައި ހިމެނޭ އުނޅަދުތައް ނަގާ އެސަރަހައްދުގައި އިތުރަށް ޕާކުނުކުރުމަށް ފުލުހުން އަންގައިފި
މިނިވަން ދުވަހަށް ތައްޔާރުވުމަށް މުއައްސަސާތަކުން ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުން / ފޮޓޯ: މިނިސްޓްރީ

ގްރީން ޒޯނުގައި ހިމެނޭ އުނޅަދުތައް ނަގާ އެސަރަހައްދުގައި އިތުރަށް ޕާކުނުކުރުމަށް ފުލުހުން އަންގައިފި

8 hours ago - 20:43
Jul 23, 2025 - 21:24
Advertisement
Advertisement

މިނިވަން ދުވަހުގެ ޚާއްސަ ހަރަކާތްތަކަށް ތައްޔާރުވުމުގެ ގޮތުން، މާލޭގެ ޖުމުހުރީ މައިޒާން ހިމެނޭހެން ބޮޑު ސަރަހައްދެއްގައި ޕާކް ކުރުން މަނާކޮށް، މިހާރު އެ ސަރަހައްދުތަކުގައި ބަހައްޓާފައި ހުރި އުޅަނދުތައް ހުސްކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންގައިފިއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުންގެ ޚިދުމަތުން ކުރެއްވި އިއުލާނެއްގައި ވަނީ މާދަމާ އިރުއޮއްސި 6:00 ޖެހުމުގެ ކުރިން މި ސަރަހައްދުގައި ޕާކުކޮށްފައިވާ އެންމެހާ އުޅަނދުތައް ނެގުމަށް އަންގަވާފައެވެ. މި ގަޑީގެ ފަހުން އެ ސަރަހައްދުގައި ހުންނަ އުޅަނދުތައް ފުލުހުން ގޮސް ނަގައި، އެ ސަރަހައްދުން ބޭރަށް ބަދަލުކުރާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެ އިތުރުން، ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް އޮންނަ އުސޫލުގެ ތެރެއިން ޓޯކުރުމުގެ މަސައްކަތް ވެސް ފުލުހުން ކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ހިއްސާކޮށްފައިވާ ޗާޓުގައިވާ ގޮތުން، ޕާކިން ޒޯން ހުސްކުރުމަށް އެންގި ސަރަހައްދުގެ ތެރޭގައި ސަލްޓަން ޕާކާއި، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ހިމެނޭ ގްރީން ޒޯން އަދި ފޮރިން މިނިސްޓްރީ ސަރަހައްދު ހިމެނެއެވެ.

މި އަހަރަކީ ދިވެހިރާއްޖެއަށް އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ސިޔާސީ މިނިވަންކަން ލިބުނުތާ 60 އަހަރު ފުރޭ އަހަރެވެ. އެހެންކަމުން މި ރަސްމިއްޔާތު ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement