ވެލިދޫގައި އޮޑި ދޯނިފަހަރަށް ހާއްސަ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި
ވެލިދޫ ބިންހިއްކުމުގެ މަޝްރޫޢުފެށުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ވެލިދޫގައި އޮޑި ދޯނިފަހަރަށް ހާއްސަ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

9 hours ago - 19:21
Jul 23, 2025 - 21:24
Advertisement
Advertisement

ނ. ވެލިދޫގައި އޮޑިދޯނިފަހަރު އެހެލާ ބޭލުމަށާއި ފައިބަރު މަސައްކަތަށް 2.7 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ވެލިދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައެވެ. ރައީސް މުއިއްޒު ވެސް ބައިވެރިވެ ވަޑައިގެންނެވި މި ރަސްމިއްޔާތުގައި ބިން ހިއްކުމުގެ މަސައްކަތް ޢަމަލީގޮތުން އިފްތިތާޙުކޮށްދެއްވީ އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ.

ވެލިދޫއިން ހިއްކާ މި ބިން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ އިޤްތިޞާދީ ފުރުޞަތުތައް ފުޅާކުރުމަށްޓަކައެވެ. ޚާއްސަކޮށް، އޮޑިދޯނިފަހަރު ބާލާ އެހެލުމަށާއި، ރާއްޖޭގެ މަދު ރަށްތަކެއްގައި ވިޔަފާރީގެ ގޮތުން ކުރަމުން އަންނަ ފައިބަރު މަސައްކަތް ކުރުމަށްޓަކައެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. ބިން ހިއްކުމުގެ މަސައްކަތަށް އެމްޓީސީސީގެ އެންމެ ބޮޑު ޑްރެޖަރ، 'މަހާޖައްރާފު' ވަނީ ވެލިދޫއަށް ގެންގޮސްފައެވެ.

Advertisement
Advertisement

ރައީސުލްޖުމުހޫރިއްޔާ މިއަދު ހަވީރު ވެލިދޫއަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement