ތ. އަތޮޅު މަދަރުސާގެ ގުރޭޑު 10 ގެ ދަރިވަރުންނަށް ކޭމްޕެއް ކުރިއަށް ގެންގޮސްފި

ތ. އަތޮޅު މަދަރުސާގެ ގުރޭޑު 10 ގެ ދަރިވަރުންނަށް ކޭމްޕެއް ކުރިއަށް ގެންގޮސްފި

2 hours ago - 23:07
Advertisement
Advertisement

ގުރައިދޫގައި ހުންނަ ތ. އަތޮޅު މަދަރުސާގެ ގުރޭޑު 10 ގެ ދަރިވަރުންނަށް ކޭމްޕެއް ކުރިއަށް ގެންގޮސްފިއެވެ.

މި ކޭމްޕު ކުރިއަށް ގެންގޮސްފައިވަނީ “އަ ޑޭ ވިތް ޕޮލިސް” ގެ ނަމުގައެވެ. މި ޖޫން މަހުގެ 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ކޭމްޕު ގައި ދިރިއުޅުމުގައި ދިމާވާ ބައެއް ހާލަތްތަކުގައި އަމިއްލަ ނަފުސަށް އިތުބާރުކޮށް ކަންކަމާ ކުރިމަތިލައި، ނަފުސު ދިފާއުކުރުމަށް ބޭނުންކުރެވޭނެ އަސާސީ އުކުޅުތައް ކިޔައިދީ، ދަސްކޮށްދީފައިވެއެވެ.

އަދި ދިރިއުޅުމުގެ ރިވެތި އަދަބުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އޭގެ އިތުރުން، ފިޒިކަލް ޓްރެއިނިންގއާއި ޓީމް ބިލްޑިންގ ހަރަކާތްތަކާއި ދަރިވަރުންގެ ހުނަރު ދައްކައިލުމުގެ ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ކޭމްޕުގެ ތެރެއިން، އެ ދަރިވަރުންގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި ސެޝަންގައި ބެލެނިވެރިންގެ ޒިންމާތަކާއި ދަރިން ތަރުބިއްޔަތުކުރުމުގައި ބެލެނިވެރިން ހާއްސަ ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ދިރިއުޅުމުގެ ރީތި އަދަބުތައް ދަރިންނަށް ދަސްކޮށްދީ ޒިންމާދާރު ކުދިންނަށް ހެދުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement