ކުމާރު ސާނޫގެ "ޖުނޫން" ލައިވް ކޮންސެޓް ޑިސެމްބަރު 4 ގައި ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަނީ!

ކުމާރު ސާނޫގެ "ޖުނޫން" ލައިވް ކޮންސެޓް ޑިސެމްބަރު 4 ގައި ރާއްޖޭގައި ބޭއްވުމަށް ތައްޔާރުވަނީ!

1 hour ago - 21:18
Nov 3, 2026 - 21:20
Advertisement
Advertisement

އިންޑިއާގެ މިއުޒިކީ ދުނިޔޭގެ ލެޖެންޑަރީ ޕްލޭބެކް ސިންގަރ ކުމާރު ސާނޫ ރާއްޖޭގައި ބާއްވާ ފުރަތަމަ މިއުޒިކަލް ކޮންސެޓް، "ކުމާރު ސާނޫގެ ޖުނޫން ލައިވް އިން ކޮންސެޓް މޯލްޑިވްސް" އަންނަ ޑިސެމްބަރު މަހު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މި ކޮންސެޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 4 ވާ ހުކުރު ދުވަހުގެ ރޭގަނޑު 8:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. ބޮލީވުޑްގެ ރަން ޒަމާނުގެ ރީތި ލަވަތަކާއި މަޝްހޫރު ރޮމޭންޓިކް މިއުޒިކަށް ހާއްސަކޮށްގެން ބާއްވާ މި އިވެންޓަކީ، ދިވެހިންގެ މެދުގައި ބޮޑު ތަރުހީބެއް ލިބިފައިވާ ކުމާރު ސާނޫގެ ރީތި ލަވަތަކާއެކު، މިއީ މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށް ހިތްގައިމު ތާރީޚީ ރެޔަކަށް ވެގެންދާނެ ރެއެކެވެ.

ވަކިންޚާއްސަކޮށް 1990 ގެ އަހަރުތަކުގެ ފިލްމީ ލަވަތަކަށް ލޯބިކުރާ ގިނަ އަދަދެއްގެ ދިވެހިން މި ޝޯއަށް އިންތިޒާރު ކުރަމުންދާއިރު، މިއީ އާއިލާތަކާއި ރައްޓެހިންނާ އެކު ހިތްފަސޭހަ މާހައުލެއްގައި މި ހާއްސަ ޕާފޯމަންސް ބަލައިލުމަށް ލިބިގެންދާނެ އަގުހުރި ފުރުސަތެކެވެ. 

WhatsApp Image 2026-11-02 at 17.29.19 (1).jpeg
1957 ވަނަ އަހަރުގެ އޮކްޓޯބަރު 20 ގައި އުފަންވި ކޭދަރުނާތު ބަޓަޗަރިޔާ (ކުމާރު ސާނޫ) އަކީ 1990 އާއި 2000 ގެ ކުރީކޮޅު ހިންދީ ސިނަމާގައި އެންމެ ނުފޫޒުގަދަ އަދި އެންމެ ކާމިޔާބު އެއް ލަވަކިޔުންތެރިޔާއެވެ. އޭނާގެ މިއުޒިކީ ހަޔާތުގައި އެންމެ ބޮޑު މަޝްހޫރުކަމެއް ހޯދައިދިނީ 1990 ވަނަ އަހަރު ނުކުތް "އާޝިގީ" ފިލްމުގެ ލަވަތަކުންނެވެ. އޭނާ ވަނީ އިންޑިއާގެ ތަފާތު އެތައް ބަހަކުން އެތައް ހާސް ލަވަޔެއް ރެކޯޑުކޮށް، ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ.

އޭގެ ތެރޭގައި 1991 އިން 1995 އަށް ވިދިވިދިގެން ފަސް އަހަރު ފިލްމްފެއާ ބެސްޓް މޭލް ޕްލޭބެކް ސިންގަރގެ އެވޯޑް ހޯދުމާއި، 1993 ވަނަ އަހަރު އެއް ދުވަސް ތެރޭގައި 28 ލަވަ ރެކޯޑުކޮށްގެން ގިނިސް ވޯލްޑް ރެކޯޑްސްއިން ޖާގަ ހޯދުން ހިމެނެއެވެ. މީގެ އިތުރުން 2009 ވަނަ އަހަރު އިންޑިއާ ސަރުކާރުން ވަނީ އޭނާއަށް ޝަރަފުވެރި "ޕަދުމާ ޝްރީ" އެވޯޑް ވެސް އަރުވާފައެވެ.


އެތައް އަހަރެއްގެ މިއުޒިކީ ތަޖުރިބާއާއެކު، ބޮލީވުޑްގެ މެލޮޑީ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވެފައިވާ ކުމާރު ސާނޫ ރާއްޖޭގައި ބާއްވާ މި ފުރަތަމަ ކޮންސެޓަކީ، ދިވެހި ފޭނުންނަށް ލިބިގެންދާނެ ތާރީޚީ އަދި ހާއްސަ ފުރުސަތެކެވެ.


މި ކޮންސެޓްގެ ޓިކެޓްތައް މިހާރު ވިއްކަން ފަށާފައިވާއިރު، ވީ.އައި.ޕީ އަދި ޖެނެރަލް ކެޓަގަރީން ޓިކެޓް ލިބެން ހުންނާނެ ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ. ޓިކެޓް ބުކްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަ ލިންކު މެދުވެރިކޮށް މިހާރު ޓިކެޓް ބައްލަވައިގަނެވޭނެއެވެ.

https://expo.idzlink.com/tickets/junoon/

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement