ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ހައްޔަރުކޮށް، ބަންދަށް 30 ދުވަސް ޖަހައިފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ހައްޔަރުކޮށް، ބަންދަށް 30 ދުވަސް ޖަހައިފި

57 minutes ago - 20:49
Advertisement
Advertisement

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފިއެވެ.


ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި ޝާހިދު ހައްޔަރުކޮށްފައިވަނީ ރޭ 21:59 ހާއިރު ހުޅުމާލެއިންނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް، މި މައްސަލައިގެ ތަޙުޤީޤު އަދިވެސް ކުރިއަށްދާތީ، އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.


މި މައްސަލައާ ގުޅިގެން ރޭ އޭނާ ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން، މީސްމީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއީ އޭނާގެ ޝަޚުޞު ކަތިލުމުގެ މަޤްޞަދުގައި ސިޔާސީ ގޮތުން ފަތުރަމުންދާ އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ސާބިތުނުހިފޭ މިފަދަ ވާހަކަތައް ނުފެތުރުމަށްވެސް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.


ނިމިދިޔަ ސަރުކާރުގެ ފޮރިން މިނިސްޓަރުކަމުގެ އިތުރުން، އދ. ގެ ޢާންމު މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ޝާހިދަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ތައްޔާރުވަމުންދާ ބޭފުޅެކެވެ. އަދި މި ދުވަސްވަރު އޭނާ ގެންދެވީ އެކަމަށްޓަކައި ކެމްޕޭން ޙަރަކާތްތައްވެސް ހިންގަވަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement