ހުކުރު މިސްކިތަށް ގެއްލުންވެފައިވަނީ މިދިޔަ ސަރުކާރުގެ އިހުމާލުން- މިނިސްޓަރ
މިނިސްޓަރ އާދަމް ނަސީރު އިބްރާހީމް މަޖިލިހުގައި: ފޮޓޯ-ރައްޔިތުންގެ މަޖިލިސް

ހުކުރު މިސްކިތަށް ގެއްލުންވެފައިވަނީ މިދިޔަ ސަރުކާރުގެ އިހުމާލުން- މިނިސްޓަރ

5 hours ago - 12:09
Apr 16, 2025 - 12:09
Advertisement
Advertisement

 

ހުކުރު މިސްކިތަށް ގެއްލުންވެފައިވަނީ މިދިޔަ ސަރުކާރުގެ އިހުމާލުން ކަމަށް މިނިސްޓަރ އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. މިއަދު ރައްޔިތުންގެ މަޖިލިހުގައި މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ ހުކުރު މިސްކިތުގެ އަސްލަށް ގެއްލުންވެފައިވާ ކަމަށާއި, އެގެއްލުން ވެފައިވަނީ މަސައްކަތްކުރެވިފައިވާ ގޮތުން އިހުމާލުވެފައިވާތީ ކަމަށެވެ.

މާލޭ ހުކުރު މިސްކިތް އާބާތުރަ ފިލުވާ ގިނަދުވަހަށް ރައްކާތެރިކުރުމުގެ މަސައްކަތް ކުރަމުން އައިސް, މިސަރުކާރު އައުމާއެކު ހުއްޓިފައިވާކަމަށް ވިދާޅުވެ ގަލޮޅު އުތުރުދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މިސަރުކާރު އައިފަހުން މަސައްކަތެއް ހުއްޓިފައިނުވާ ކަމަށާއި, މިސަރުކާރު ހަވާލުވިއިރުވެސް މަސައްކަތް ހުއްޓިފައިވާ ކަމަށެވެ. ވަޒީރު ވިދާޅުވީ މާލޭ ހުކުރު މިސްކިތުގެ މަސައްކަތް 2023 ވަނަ އަހަރިގެ ޖޫން މަހުގެ ފަހުން ހިނގާފައިނުވާ ކަމަށެވެ.

" ގާތްގަނޑަކަށް ހައެއްކަ މަސްދުވަސް އެއްވެސް މަސައްކަތެއް ނުހިނގާ ކުރިއަށްގޮސްފަ އޮތީ. އެތަނުގައި މިސަރުކާރުން ޖެހި އެންމެ ތަނބެއްވެސް ނުހުންނާނެ. އަޅުގަނޑުމެން އައިއިރު އެތަނބުތައް ވަނީ ޖަހާފަ." އަސްލުގެއްލޭ ގޮތަށް ޖަހާފައިވާ ތަނބުތަކާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވިއެވެ.

Advertisement
Advertisement

ހުކުރު މިސްކިތުގެ ބައެއް ފޮޓޫތައް ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ ބެރިތައްވެސް ހަލާކުވެ, ބޭނުންކޮށްފައިވާ މެޓީރިއަލްގެ ސަބަބުން ވަރަށްބޮޑަތި ގެއްލުންތައް ވެފައިވާ ކަމަށެވެ. އަދި ބައެއް މަތިވަޑާންގަނޑުގެ ލިޔުންތައް ކެމިކަލްގެ ސަބަބުން މުޅިންހެން ފޮހެވިފަ ހަލާކުވެފައިވާކަމަށްވެސް ވިދާޅުވިއެވެ. އެއީ އިހުމާލުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް ކަމަށް ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement