މޮޅުވީ ޑޯޓްމަންޑް, ސެމީއަށް ދިޔައީ ބާސާ
މެޗުގައި ހެޓްރިކް ހެދި ސޭހޫ ގިރާސީ

މޮޅުވީ ޑޯޓްމަންޑް, ސެމީއަށް ދިޔައީ ބާސާ

ބާސާ ސެމީއަށް ދަތުރުކުރީ ފުރަތަމަ ލެގު 4-0 ން ކާމިޔާބުކޮށްފައިވާތީ

5 hours ago - 08:13
Apr 16, 2025 - 08:13

ޗެމްޕިއަންސް ލީގު ކްއާޓާ ފައިނަލް ދެވަނަ ލެގުގައި ޑޯޓްމަންޑް އަތުން 3-1 ން ބަލިވިޔަސް, ބާސެލޯނާ ކްއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. ބާސެލޯނާއަށް ކްއާޓާ ފައިނަލްގެ ޖާގަ ލިބުނީ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 4-0 ން ކާމިޔާބުކޮށްފައިވާތީއެވެ. ދެ ލެގުން ބާސާ ކުރިހޯދީ 5-3 ގެ އެގްރިގޭޓުންނެވެ.

ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގައި ރޭ ބާސާއަށް ލިބުނީ ސިހުމެކެވެ. ސޭހޫ ގިރާސީގެ ހެޓްރިކުން ހޯދި މޮޅަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ބާސާއަށް ލިބުނީވެސް, ބެންސެބައިނީ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ.

ގިރާސީ ޑޯޓްމަންޑަށް ލީޑް ނަގައިދިނީ 11 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. ދެވަނަ ލަނޑު ޖެހީ ދެވަނަ ހާފް ފަށައިގެން ހަތަރު ވަނަ މިނިޓްގައެވެ. ބައި ގޯލަކުން ފަރަގު ކުޑަވެފައި ވަނިކޮށް, ތިންވަނަ ލަނޑެއް ޖަހާ ހެޓްރިކް ހެދީ 76 ވަނަ މިނިޓްގައެވެ.

ސެމީފައިނަލްގައި ބާސެލޯނާ ވާދަކުރަން ޖެހޭނީ އިންޓަރ މިލާން ނުވަތަ ބަޔާން މިއުނިކާއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow