ޒަމާނީ, ރީތި, ފުރިހަމަ އިސްލާމީ ކުތުބުޚާނާ ހުޅުވައިފި
މިރޭ ހުޅުވި އިސްލާމީ ކުތުބުޚާނާ: ފޮޓޯ-އިސްލާމިކް މިނިސްޓްރީ

ޒަމާނީ, ރީތި, ފުރިހަމަ އިސްލާމީ ކުތުބުޚާނާ ހުޅުވައިފި

ހުޅުވީ 15000 އަށްވުރެ ގިނަ ފޮތާއެކު

5 hours ago - 21:39
Jul 12, 2025 - 21:42
Advertisement
Advertisement

ޒަމާނީ, ރީތި, ފުރިހަމަ އިސްލާމީ ކުތުބުޚާނާ ހުޅުވައިފިއެވެ. ސަލްމާން މިސްކިތުގައި މިރޭ އިސްލާމީ ކުތުބުޚާނާ ހުޅުއްވައިދެއްވީ ބަހާއި ތާރީޚާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް އެވެ.

ކުތުބުޚާނާ ތަރައްޤީކުރީ ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިގިލާގައެވެ. އެކުތުބުޚާނާ ހުޅުވީ  15،000 އަށްވުރެ ގިނަ ފޮތާއެކުއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ވިދާޅުވީ އިސްލާމީ ކުތުބުޚާނާ ވެގެންދާނީ އިސްލާމީ ޢިލްމު ޚާސިލްކުރުމަށް ބޭނުންވާ އަދި ދިރާސާތައް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ވަރަށް ބޭނުންތެރި ތަނަކަށް ކަމަށެވެ.

" އިސްލާމީ ދިރާސާ ކުރާ ފަރާތްތަކަށް ވަރަށް ހިތްގައިމު މާހައުލަކަށްވެގެންދާނެ" އިސްލާމީ ކުތުބުޚާނާ ހުޅުވުމާއި ގުޅޭ ގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

Advertisement
Advertisement

މާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިހުރި އަދި މިހާރު އިމާރާތްކުރަމުންދާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުޚާނާ ޤާއިމްކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ލައިބްރަރިތައް ޤާއިމްކުރުމަށް ބޭނުންވާ ފޮތްތައް ބޭރު ޤައުމެއްގެ ޔުނިވާސިޓީއަކުން ހަދިޔާ ކުރަން ނިންމަވާފައިވާކަން ކުރިން އިސްލާމިކް މިނިސްޓަރ ވަނީ އިއުލާނުކުރައްވާފައެވެ. ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ހއ. ދިއްދޫ އިސްލާމިކް ސެންޓަރ ލައިބްރަރީއާއި ރ. އުނގޫފާރު އިސްލާމިކް ސެންޓަރ ލައިބްރަރީއާއި ތިނަދޫ ސިޓީ އިސްލާމިކް ސެންޓަރ ލައިބްރަރީއާއި އައްޑޫ އިސްލާމިކް ސެންޓަރ ލައިބްރަރީގެ އިތުރުން އަތޮޅުތަކުގައި ޤާއިމު ކުރެވޭ އެހެނިހެން އިސްލާމީ ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް އެކުވެރި ޤައުމެއްގެ ޔުނިވަރސިޓީއަކުން ވަނީ ހަމަޖެހިފައިވާކަމަށެވެ. އެޔުނިވަރސިޓީން 60 ހާސް ފޮތް ލިބޭނެ ކަމަށް އަންގާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަލްމާން މިނިސްކިތުގައި އިސްލާމީ ކުތުބުޚާނާ ހުޅުވުން އިސްލާމިކް މިނިސްޓްރީން ސިފަކުރެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޢިލްމީ ތާރީޚުގައި ފާހަގަކޮށްލެވޭނެ މުހިއްމު ތަނެއްގެ ގޮތުގައެވެ. އަހަރުތަކެއްގެ މެދުކެނޑުމަށްފަހު ދިވެހިރާއްޖޭގެ އިސްލާމީ ކުތުބުޚާނާ ހުޅުވުމުގެ އުފާ މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ފާޅުކުރައްވަމުން ގެންދަވާތާ ދުވަސްތަކެއް ވެއްޖެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement