އެއަރ އިންޑިއާ ބޯޓުގެ އިންޖީނުގެ ފިއުލް ކޮންޓޯލް ބަޓަން ވަނީ ބޯޓް ވެއްޓުމުގެ ކުރިން ނިވާލާފަ: ތަޙްޤީގު ރިޕޯޓް
އެއަރ އިންޑިއާގެ ބޯޓް އިމާރާތުގެ މައްޗަށް ވެއްޓިފައި. ފޮޓޯ: ރޮއިޓާސް

އެއަރ އިންޑިއާ ބޯޓުގެ އިންޖީނުގެ ފިއުލް ކޮންޓޯލް ބަޓަން ވަނީ ބޯޓް ވެއްޓުމުގެ ކުރިން ނިވާލާފަ: ތަޙްޤީގު ރިޕޯޓް

10 hours ago - 16:13
Jul 12, 2025 - 21:27

މިދިޔަ މަހު އިންޑިއާގައި ހިނގި އެއަރ އިންޑިއާގެ މަތިންދާބޯޓް ވެއްޓުމުގެ ހާދިސާ ހިނގުމުގެ ކުރިން ބޯޓްގެ ފިއުލް ކޮންޓްރޯލް ސްވިޗް 'ރަން' އިން 'ކަޓް އޯފް' އަށް ބަދަލުކޮށްފައިވާކަމަށް ތަޙްގީގު ރިޕޯޓްތައް ބުނެފިއެވެ.

މިއަދު ނެރުނު ތަޙްޤީގުގެ ފުރަތަމަ މަރުހަލާގެ ރިޕޯޓްގައިވާ ގޮތުން ބޯޓް ވެއްޓިފައިވަނީ އިންޖީނަށް ތެޔޮ ނުލިބުމުގެ ސަބަބުންކަމަށް ވަނީ ބުނެފައެވެ. 

އިންޑިއާގެ އެއަރކްރާފްޓް އެކްސްޑެންޓް އިންވެސްޓިގޭޝަން ބިއުރޯ ގެ ރިޕޯޓްގައި ވާގޮތުން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވެއްޓުނު މަތިންދާބޯޓްގެ ދެ ޕައިލެޓުންނަށްވެސް ސްވިޗްގެ ސެޓިން އާ ބެހޭގޮތުން އޮޅުމެއްއަރާފައިވާ ކަމަށް ވަނީ ފާހަގަކުރެވިފައެވެ.

ރިޕޯޓްގައި ބުނެފައިވަނީ ބޯޓް ނައްޓާލުމާ ވެއްޓުމާ ދޭތެރޭގައި ހޭދަވީ 30 ސިކުންތު ކަމަށެވެ. ނަމަވެސް ރިޕޯޓްގައި ސްވިޗް ބަދަލުވެފައިވީ ކިހިނެތް ކަމެއް ބުނެފައެއް ނުވެއެވެ. އަދި ފަހުން ސްވިޗް އަނެއްކާވެސް 'ރަން' އަށް ބަދަލުވެފައި ވީނަމަވެސް އިންޖީނަށް އަލުން ހިންގޭނެ ބާރު ކުއްލިއަކަށް ނުލިބި ބޯޓްވެއްޓިފައިވާކަމަށް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. 

Advertisement
Advertisement

ބޮއިން 8-787 ޑްރީމްލައިނާގެ މިބޯޓަކީ އެކުންފުނީގެ އެންމެ ފަހުގެ މަރުކާގެ ބޯޓެކެވެ. އިންޑިއާގެ އަޙްމަދު އާބާދުގެ ހުޅަނގު އުތުރުގެ ސަރަހައްދަކަށް 230 ފަސިންޖަރުންނާއެކު ވެއްޓުނު މިބޯޓް ދަތުރުކުރީ ލަންޑަންއަށް ދިއުމަށެވެ. ހާދިސާގައި ބޯޓުން ދަތުރުކުރި އެކަކު ސަލާމާތްވެފައި ވާއިރު 260 މީހުން މިހާދިސާގައި ވަނީ މަރުވެފައެވެ.

އިންޑއާގެ ވައިގެ ދަތުރުފަތުރުގައި ދިމާވި އެންމެ ހިތާމަވެރި އެއްް ހާދިސާގައި ޖޫން 12 ގައި އެބޯޓުން އިންޑިއާގެ 169 ފަސިންޖަރުންނާއިއެކު އިނގިރޭސި ވިލާތުގެ 53 ފަސިންޖަރުން އަދި ޕޯޗުގަލްގެ 7 މީހަކާއި ކެނަޑާގެ ރައްޔިތަކު ދަތުރުކުރިއެވެ. ހާދިސާގައި ބޯޓުން ދަތުރުކުރި 12 ފަޅުވެރިންވެސް ވަނީ މަރުވެފައެވެ. 

ޕައިލެޓުންގެ ތެރެއިން އެކަކު ފިއުލް ކަނޑާލީ ކީއްވެތޯ އަހާފައިވާ ކަމަށާއި ޖަވާބުގައި އަނެކަކު ފިއުލް ކަނޑާނުލާކަމަށް ބުނެފައިވާކަމަށް ރެކޯޑްކުރެވިފައި ހުރި އެންމެ ފަހުގެ ވަގުތުކޮޅުގައި ވާހަކަމަށްވެސް ރިޕޯޓްގައި ބުނެގަފައި ވެއެވެ. 

ބޯޓް ވެއްޓުމުގެ ކުރިން ކޮކްޕިޓް އިން "މޭ ޑޭ, މޭ ޑޭ, މޭ ޑޭ" ތަކުރާރުކޮށްފައިވާކަމަށާއި މިއީ އޮޅުމެއްގެ ތެރޭގައިވާ ވާ ހާލަތުގައި ބޭނުންކުރާ ކޯޑުކަމަށްވެސް ރިިޕޯޓްގައި ފާހަގަކޮށްފައިވެއެވެެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow