ހަނގުރާމައިގެ ޖަރީމާ ހިންގާ ފަރާތްތަކަށް ޖަޕާނުގެ ކިޔޯޓޯގެ ގެސްޓްހައުސް އަކުން ނޫނެކޭ ބުނުމުން އިޒްރާއިލް ރަތަށް!
ޣައްޒާގައި އިޒްރާއިލްއިން ހިންގަމުންގެންދާ ޤަތުލްއާންމު ހުއްޓާލުމަށް ގޮވާލާ ޖަޕާނުގައި ކުރި މުޒާހަރާއެއްގެ ތެރެއިން. ފޮޓޯ: ރޮއިޓާސް

ހަނގުރާމައިގެ ޖަރީމާ ހިންގާ ފަރާތްތަކަށް ޖަޕާނުގެ ކިޔޯޓޯގެ ގެސްޓްހައުސް އަކުން ނޫނެކޭ ބުނުމުން އިޒްރާއިލް ރަތަށް!

7 hours ago - 14:23
May 15, 2025 - 14:35

ބައިނަލް އަޤުވާމީ ޤާނުނުތަކަށް ގޮންޖަހާ ހަނގުރާމައިގެ ޖަރީމާތައް ހިންގާ ފަރާތްތަކަށް ޖަޕާނުގެ ކިޔޯޓޯގައި ހުންނަ ގެސްޓް ހައުސް އަކުން ނޫނެކޭ ބުނެފިއެވެ. ހަނގުރާމައިގެ ޖަރީމާއާއި ޤަތުލްއާންމުގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިވެފައިވާނަމަ, އެކަން ހާމަކުރަންޖެހޭ ގޮތަށް އެކުލަވާލާފައިވާ ސިޔާސަތާ ގުޅިގެން އިޒްރާއިލްއިން ވަނީ ނުރުހުންވެފައެވެ.

ގެސްޓްހައުސްއިން ބުނެފައިވަނީ އެކަމާ ގުޅިގެން އިޒްރާއިލްގެ އެމްބަސެޑަރު ކޮށްފައިވާ ޝަކުވާތަކާ ގުޅިގެން ޖަޕާނުގެ އިދާރާތަކުން ގެސްޓް ހައުސްއަށް ދަނީ އެސިޔާސަތު ބަދަލުކުރުމަށް ފިއްތުންތައް ކުރިމަތުކުރަމުންނެވެ. 

ފާއިތުވި އެޕްރީލް މަހު އިޒްރާއިލްގެ ފަތުރުވެރިއަކަށް ކިޔޯޓޯގެ ވިންޑް ވިލާ ގެސްޓް ހައުސްއިން އެ ޕޮލިސީގެ ދަށުން އަމަލުކޮށްފައިވާކަމަށް ބުނެ އެމްބަސެޑަރު ގިލާޑް ކޯހެން ވަނީ އެއީ ތަފާތުކުރުން ހިމެނޭ އަމަލެއްކަމަށް ބުނެފައެވެ. ފަތުރުވެރިޔާއަށް ވަނީ "ބައިނަލްއަޤުވާމީ ގާނޫނާ ހިލާފަށް ހަނގުރާމައިގެ އެއްވެސް ޖަރީމާއެއްގައި ބައިވެރިވެފައި ނުވާނެކަމަށް ހުވާކޮށް ސޮއިކުރަން. މިއީ ތަފާތުކުރުން" ގިލާޑް ބުނެފައިވެއެވެ.

މީސްމީޑިއާގެ މަންސަ, އެކްސްގައި ގިިލާޑްކުރި ޕޯސްޓެއްގައި ބުނެފައިވަނީ މިއީ އިޒްރާއިލްގެ ރައްޔިތުންނާ ދެކޮޅަށްމި ހިންގި އަމަލަކީ ވަރަށް ގޮތެއްނެތް, ދަށުދަރަޖަައިގެ އަދި އެހާމެ ތަފާތުކުރުންކުރުން ބޮޑު އަމަލެއްކަމަށެވެ. އަދި އިޒްރާއިލްގެ ރައްޔިތުން ހަނގުރާމައިގެ ޖަރީމާ ހިންގާ މީހުންނާ އެއްވަރުކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމުގައިިވެސް ގިލާޑް ވަނީ ބުނެފައެވެ.

Advertisement
Advertisement

ފިއްތުންތައް ކުރިމަތިކުރިނަމަވެސް ވިންޑްވިލާގެ އޯނަރު އޭސް ކިޝީ ވަނީ ގެސްޓް ހައުސްގެ ސިޔާސަތު ބަދަލުކުރުމުގެ ވިސްނުމެއް ނެތްކަމަށް ބުނެފައވެެ. ޖަޕާނުގެ މުއައްސަސާތަކުން މިހާރު ދަނީ އެމައްސަލަ ބަލަމުންނެވެ.

އަލް ޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ކިޝީ ބުނެފައިވަނީ ގެސްޓް ހައުސްއިން އެ ސިޔާސަތަށް އަމަލުކުރަން ފެށީ މީގެ ހަ މަސްކުރިން ދުނިޔެއިން ގޮވާލިި ގޮވާލުމަށް އިޖާބަދިނުމުގެ ގޮތުންކަމަށެވެ. އަދި އެއީ ގެސްޓްހައުސް ގައި ތިބޭ ފަތުރުވެރިންގެ ރައްކަލަކަށް ވެސް ކަމަށެވެ. އަދި ބައިނަލްއަޤުވާމީ ގާނޫނޫތަކާ ހިލާފަށް ހިންގާ ހަނގުރާމައިގެ ޖަރީމާތަކަކީ އެފަރާތުން ދުވަހަކުވެސް ޤަބޫކުކުރާނެކަމެއް ނޫންކަމުގައެވެ.

ކިޝީ ބުނެފައިވަނީ މިހާތަނަށް ޑެކްލަރޭޝަންގައި ސޮއިކުރީ ހަތަރު މީހެއް ކަމަށެވެ. އެއީ ރަޝިއާ މީހަކާއި އިޒްރާއިލްގެ ތިން މީހުން ކަމަށެވެ.  

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow