އިޒްރާއިގެ ވައިގެ ހަމަލާތަކުގައި އުތުރު ޣައްޒާ އާއި ރަފަޙްއިން 5 މީހަކު ޝަހީދުކޮށްލައިފި
ރޭ ޣައްޒާއިން ޝަހީދުކޮށްލި ހަތަރު މީހެއްގެ ޖަނާޒާގެ ތެރެއިން. ފޮޓޯ; އަލްޖަޒީރާ

އިޒްރާއިގެ ވައިގެ ހަމަލާތަކުގައި އުތުރު ޣައްޒާ އާއި ރަފަޙްއިން 5 މީހަކު ޝަހީދުކޮށްލައިފި

10 hours ago - 13:45
Mar 15, 2025 - 13:45

ސުލްހައިގެ ވާހަކަތައް ކުރިއަށް ދަނިކޮށް އިޒްރާއިން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި 5 މީހަކު ޝަހީދުކޮށްލައިފިއެވެ. ޣައްޒާ ސިޓީގެ ޒައިތޫން ނެއިބަރހުޑް އަށް ދިން ހަމަލާތަކުގައި ހަތަރު މީހަކު ޝަހީދު ވެފައިވާއިރު, ފަސްވަނަ މީހާ ޝަހީދުކޮށްލާފައިވަނީ ދެކުނު ރަފަޙްފެ އައްސޭރި ސަރަހައްދުންނެވެ.

އިޒްރާއިލްގެ ޓޭންކަރުތަކާއި ހަނގުރާމަމަތީ ބޯޓްތަކުން ދެކުނު ރަފަޙްގައި ރޭ ގިނަ ގޮވުންތަކެއް ގޮވާފައިވާ ކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.

ހަމަލާތައް މެދުކަނޑާލުމަށް ހަމާސްއާއި އިޒްރާއިލްއިން ވެފައިވާ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ރަސްމީކޮށް ނިމިފައިވާއިރު މެދުވެރިންގެ އެހީގައި ޤަތަރުގެ ވެރިރަށް ދޯހާގައި މިހާރުވެސް ދަނީ ހަމަލާތައް ދާއިމީކޮށް ހުއްޓާލުމާބެހޭ މަޝަވަރާތައް ކުރިއަށް ގެންދަމުންނެވެ.

މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ އެމެރިކާއިންވަނީ ހަމަލާތައް މެދުކަނޑާލުމާގުޅޭ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ކޮޅެއްގައި ޖެހެންދެން ފުރަތަމަ ފިޔަވަހި ދިގުދަންމާލުމަށް "ފާލަން" ޕެލޭނެއް ހުށަހަޅާފައެވެ. މި ޕްލޭން އެޕްރީލްއަށް އާ ހަމައަށް ދިގު ދަންމާލަން ހުށަހަޅާފައިވާއިރު މިއީ އިޒްރާއިލްއިންވެސް ކުރިން ހުށަހެޅި ގޮތެވެ. ނަމަވެސް މި ހުށަހެޅުމުގެ ފަހަތުގައި އޮތީ ކޮން ކަންކަމެއް ކަމެއް ނުވަތަ މިކަމުގައި ދެފަރާތުގެ ރުހުންއޮތީ ކިހާވަރަކަށް ކަމައެއް ހާމަކޮށްފައެއް ނުވެއެވެ.

Advertisement
Advertisement

މިހާރު ކުރިއަށްދާ މަޝްވަރާ ތަކުގައި ހަމާސްގެ ބެލުމުގެ ދަށުގައި ހުރި ރަހީނަކު މިނިވަންކޮށް މަރުވެފައިވާ 4 މީހެއްގެ ހަށިގަނޑު އިޒްރާއިލްއާ ހަވާލުކުރުމަށް ހަމާސް އޮތީ ތައްޔާރަށް ކަމުގައި ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ހަމާސްއިން ވަނީ އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާއަށް ހަމަޖެހުން ލިބެން އޮތް ކޮންމެ މަގަކަށް ހުރަސް އަޅަމުން ދާކަމަށް ތުހުމަތުކޮށްފައެވެ.

އިޒްރާއިލްއިން ޣައްޒާއަށް އިންސާނީ އެހީގެ އެއްވެސް މިންވަރެއް ވަނުން ހުއްޓުވާފައިވާތާ މިއަދަށް 14 ދުވަސްވެފައިވާއިރު, އިޒްރާއިލްއިން ދަނީ ދޭތެރެ ދޭތެރެއިން ޣައްޒާއަށް ވައިގެ ހަމަލާތައް ދެމުންނެވެ.

ޣައްޒާ ހެލްތު މިނިސްޓްރީގެ ރަސްމީ ހިސާބުތަކުން ދައްކާގޮތުން އިޒްރާއިލްގެ ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ ފަލަޞްޠީނުގެ ރައްޔިތުންގެ އަދަދު މިހާރުވަނީ 48,524 އަށް އަރާފައެވެ. އަދި ހަމަލާތަކުގައި 115,955 މީހަކު ޝަހީދުވެފައިވާކަމަށްވެސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ. ނަމަވެސް ޣައްޒާގެ ރަސްމީ މީޑިއާއިން މަޢުލޫމާތު ދޭގޮތުގައި ހަމަލާތަކުގައި ޝަހީދުވީ މީހުންގެ އަދަދު މިހާރުވަނީ 61,700 އަށް އަރާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow