ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުންގެ ކަރާމަތް ގެއްލޭގޮތަށް ވާހަކަދެއްކި މައްސަލައިގައި ޤާނޫނީ ފިޔަވަޅު އަޅަން ނިންމައިފި
އެމްޑީޕީގެ މުޒާހަރާގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުންގެ ކަރާމަތް ގެއްލޭގޮތަށް ވާހަކަދެއްކި މައްސަލައިގައި ޤާނޫނީ ފިޔަވަޅު އަޅަން ނިންމައިފި

3 hours ago - 13:30
Mar 15, 2025 - 13:40

އެމްޑީޕީގެ މުޒާހަރާއެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުންގެ ކަރާމަތް ގެއްލޭގޮތަށް ވާހަކަދެއްކި މައްސަލަ ޝަރީއަތަށް ހުށަހަޅުއްވަން އެމަނިކުފާނުގެ އާއިލާއިން ނިންމަވައިފިއެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޑރ.މުޙައްމަދު މުއިއްޒުގެ އަނބިކަނބަލުންގެ ފަރާތްޕުޅުން ޤާނޫނީ ވަކީލް އަލްއުސްތާޛު އާއިޝަތު އާޒިމާ ޝަކޫރެވެ.

ވަކީލު އާޒިމާ ވިދާޅުވީ ދައުވާ ކުރަނީ އެވާހަކަ ދެއްކި މަރިޔަމް ޒުބައިރު (މަންދީ) އާއި އެމްޑީޕީގެ ޗެއަރޕަސަން އަލްއުސްތާޛު ފައްޔާޒު އިސްމާއީލް އާއި އެމްޑީޕީގެ މައްޗަށް ކަމަށެވެ. ކުރައްވަނީ މަދަނީ ދައުވާ ކަމަށާއި, ޖިނާއީ ދައުވާ ކުރުމުގެ ފުރުޞަތު އޮތްނަމަވެސް އާއިލާގެ ފަރާތްޕުޅުން ޖިނާއީ ދައުވާ ނުކުރައްވާނެ ކަމަށް ވަކީލް ވިދާޅުވިއެވެ. ނަމަވެސް ޖިނާއީ މައްސަލައެއް ހިމެނޭ ހާލަތުގައި ޖިނާއީ ދައުވާ އުފުލުމަކީ މުއައްސަސާތަކުގެ ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.

ވަކީލް އާޒިމާ ވިދާޅުވީ މިހަފްތާގެ ތެރޭގައި ކޯޓަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ފަރާތްޕުޅުން އިއްވެވި ބަޔާނުގައި ވަނީ ދަރިކަލުން ދުންފަތުގެ އިސްތިއުމާލް ކުރުން އަދި ވޭޕް ބޭނުންކުރުން ފަދަ އެއްވެސް އަމަލެއް ނުކުރައްވާ ކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.

ވަކީލް ވިދާޅުވީ ސިޔާސީ ބޭނުމަށްޓަކައި ކުޑަކުއްޖެއްގެ ހައްގު ގެއްލުވާލުމުގެ ފުރުޞަތު ދެވިގެން ނުވާނެ ކަމަށެވެ. ދައުވާ ކުރަން ނިންމެވީ އެހާލަތު ނެތި, ކުޑަކުއްޖެއްގެ ހައްގު ގެއްލިގެން ދިއުމުން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދައުވާ ކުރައްވަނީ މަންމައެއްގެ ހައިސިއްޔަތުން, ސަރުކާރުގެ ބައިވެރިވުމެއް ނެތި ފަރުދީ ގޮތުން ކަމަށް އެކަމަނާ ނެރުއްވި ބަޔާނުގައި ވިދާޅުވިއެވެ. އެކަމަނާ ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ކޮންމެ ކުޑަކުއްޖަކީ ޤާނޫނު އަސާސީންނާއި, ކުޑަކުދިންގެ ހައްޤުތައް ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ރައްކާތެރިކަމާއި ހިމާޔަތް ލިބިފައިވާ ކުއްޖެއް ކަމަށެވެ. އެގޮތުން އެކަމަނާގެ ދަރިކަލުން 16 އަހަރުގެ އުމެއިރުއަށްވެސް އެހައްގުތައް ލިބިދީފައިވާކަން ބަޔާނުގައި ފާހަގަކުރައްވާފައި ވެއެވެ.

ދަރިކަލުންނަނީ ރައީސް ޑރ.މުއިއްޒު ސިޔާސީ ނިންމެވުންތަކުގައި އެއްވެސް ބައިވެރިވުމެއް ނެތް ބާރުވެރިކަމެއްވެސް ނެތް މަންމައާއި މައްޕަގެ ބެލެނިވެރިކަމުގެ ދަށުގައި ހެދިބޮޑުވަމުން އަންނަ ކިޔަވާ ކުއްޖެއްކަން ފާހަގަކުރައްވާފައި ވެއެވެ. މީގެއިތުރުން ދޮށީ ދަރިފުޅާއި 8 އަހަރުގެ ހަގު ދަރިފުޅަށް ހަނގާ ކުރުމުގެ ހަރަކާތްތަކެއްވެސް ފަށާފައިވާތީ އެކަން ކަންބޮޑުވުމާއެކު ފާހަގަކުރައްވާ, އެކަން ބަލައިގަންނަން ދަތިވާކަމަށް ވިދާޅުވެފައިވެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ޑރ.މުޙައްމަދު މުއިއްޒުގެ އެއްވެސް ނިންމެވުމަކާ ގުޅިގެން އަދި އެޅުއްވި ފިޔަވަޅަކާ ގުޅިގެން ދައްކާ ވާހަކައަކާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާނެކަން ފާހަގަކުރައްވާ ބަޔާނުގައި ވިދާޅުވެފައިވަނީ ރައްދެއްވެސް ދެއްވާފައި ނުވާނެ ކަމަށެވެ. ނަމަވެސް ދަރިކަލުންގެ ކަރާމާތް ނަގާލާ އެކުދިންގެ ހައްޤަށް އެރުމުން ފިޔަވަޅުތަކެއް އަޅަން ނިންމެވީ ކަމަށް ވިދާޅުވެފައިވެއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow