ނޭމާއަށް އަނިޔާވެ ބްރެޒިލް ސްކޮޑުން ޖާގަ ގެއްލިއްޖެ! ބަދަލުގައި އެންޑްރިކް
މެޗެއްގައިނޭމާ އަށް އަނިޔާވެ ދަނޑުގައި މަޑުކޮށްލައިގެން

ނޭމާއަށް އަނިޔާވެ ބްރެޒިލް ސްކޮޑުން ޖާގަ ގެއްލިއްޖެ! ބަދަލުގައި އެންޑްރިކް

5 hours ago - 11:57
Mar 15, 2025 - 11:59

17 މަހަށް ފަހު ޤައުމީ ޓީމުގެ ސްކޮޑުން ޖާގަ ލިބުމުން އުފަލުން ހުރި ނޭމާގެ ޤައުމީޓީމާ އަލުން ގުޅުމުގެ ދަތުރު އަނިޔާގެ ސަބަބުން ދިގުލައިފިއެވެ. ވޯލްޑް ކަޕް ކޮލިފައިންގައި އަންނަ ބުރާސްފަތި ދުވަހު ކޮލަމްބިއާއާ ދެކޮޅަށް, އަދި މާޗު 25 ގައި ބްރެޒިލްއިން އާޖެންޓީނާއާ ބައްދަލުކުރާ މެޗު އޭނާ އަށް ގެއްލުނީ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ ގުޅިގެންނެވެ.

2023 ން ފެށިގެން ވައަތު ކަކުލުގެ އޭސީއެލް އަދި މެނިސްކަސްއަށް ލިބުނު އަނިޔާއަކާ ގުޅިގެން ނޭމާ ވަނީ ކުޅުމާ ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައެވެ. އޭގެ ފަހުން ފުރަތަމަ ފަހަރަށް ބްރެޒިލްގެ ސްކޮޑްގައި ނޭމާ ހިމަނާފައިވަނީ ފާއިތުވި މަހުއެވެ.

ޖެނުއަރީ ޓްރާންސްފަރ ވިންޑޯގައި ސައުދީ ޕްރޯލީގުގެ ކްލަބް, އަލް ޙިލާލް އިން ބްރެޒިލްގައި ނޭމާ ކުޑައިރު ކުޅުނު ކްލަބް ސަންތޯސްއަށް ވަނީ ބަދަލުވެފައެވެ. ނޭމާ އަށް އަނިޔާވީ މާރިޗު ދެ ވަނަ ދުވަހު އެ ކްލަބުން ބްރަގެންޓީނޯ އާ ބައްދަލުކޮށް 2-0 ން މޮޅުވި މެޗުގައެވެ.

ހުކުރު ދުވަހު ބްރެޒިލްގެ ފުޓްބޯޅް ފެޑެރޭޝަނުން ވަނީ ނޭމާ އަދި މެންޗެސްޓަރ ސިޓީގެ ބްރެޒިލްގެ ގޯލްކީޕަރު އެންޑަރސަން އަދި ފްލެމެންގޯ އަށް ކުޅޭ ޑެނީލޯ ވެސް ބްރްޒިލްގެ ސްކޮޑުން އުނިކޮށްފައިވާ ކަން ކަށަވަރުކޮށްދީފައެވެ.

Advertisement
Advertisement

ނޭމާގެ ބަދަލުގައި ބްރެޒިލްގެ ސްކޮޑުން ވަނީ ރެއާލް މެޑްރިޑަށް ކުޅޭ ޒުވާން ކުޅުންތެރިޔާ އެންޑްރިކް އަށް ފުރުޞަތު ދީފައެވެ. އެންޑަރސަން ބަދަލުގައި ލިޔޯންގެ ގޯލް ކީޕަރު ލޫކަސް ޕެރޭރާއަށް ފުރުޞަތު ދީފައިވާއިރު ޑެނީލޯގެ ބަދަލުގައި އެމަޤާމަށް ކުޅޭނީ ފެލެމިންގޯގެ ޑިފެންޑަރު އަލެސް ސަންޑްރޯއެވެ.

ބްރެޒިލްގެ ކޯޗް ޑޮވީރާ ޖޭއާރު ބުނީ ސޮކޮޑަށް ބަދަލުތަކެއް ގެނެސްފައިމިވަނީ މެޑިކަލް ޑިޕަރޓްމަންޓް އިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ދީފައިވާ ލަފައާ އެއްގޮތަށްކަމަށެވެ.

ބްރެޒިލް މިވަގުތު އޮތީ ސައުތު އެމެރިކަން ވޯލްޑްކަޕް ކޮލިފައިން ތާވަލްގެ ފަސް ވަނައިގައެވެ. އެ ބައްރުން ގަދަ 6 ޓީމް 2026ގެ ވޯލްޑްކަޕަށް ސީދާ ކޮލިފައިވާނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow