ލަންކާ އަތުން ރާއްޖެ މޮޅުވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ
މެޗަށް ނިކުއިން ރާއްޖޭގެ ފުރަތަމަ އެގާރަ

ލަންކާ އަތުން ރާއްޖެ މޮޅުވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

5 hours ago - 16:25
Sep 7, 2025 - 16:26

''ސައުތު އޭޝިއަން ސުޕަރ ކަޕް 2025'' ގައި ސްރީލަންކާއާ ވާދަކުރި ފުރަތަމަ މެޗުގައި ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް ކުރި ހޯދުމާ ގުޅިގެން ޓރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޯނުން ގުޅުއްވާ މަރުޙަބާ ވިދާޅުވެ ހިތްވަރުދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވީ ޓީމްގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) އާއެވެ. ރޭ ރޭ ސްރީލަންކާގައި ސްރީލަންކާ ގައުމީ ޓީމް އަތުން ރާއްޖޭގެ ގައުމީ ޓީމް ކުރި ހޯދީ 3-0 ނެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ފޯނުން ގުޅުއްވާ މި މުބާރާތުގައި އިއްޔެ ކުޅުނު މެޗުން ޤައުމީ ޓީމް ހޯދި ކާމިޔާބީއަށް މަރުޙަބާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް މެޗްތަކުގައި ކާމިޔާބީ ހޯދުމަށް ހިތްވަރާއިއެކު މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. މީގެ އިތުރުން ފުޓްބޯޅައިގައި ދިވެހި ޤައުމަށް ރަންވަނަތަކެއް ހޯދައިދިނުމަށް ޤައުމީ ޖޯޝާއި އެކު މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެނެނެވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޓީމަށް ގުޅުއްވާ މަރުހަބާ ވިދާޅުވުމަކީ ޓީމަށް ލިބުނު އިތުރު އުފަލަކާ ހިތްވަރެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިގޮތަށް ދިވެހި ފުޓްބޯޅައަށާއި ރައްޔިތުންނަށްޓަކައި ފުޓްބޯޅައަށް ރީތިނަން ހޯދައިދިނުމަށް ކުރިއަށް އޮތް މެޗްގައި އިތުރަށް ހިތްވަރުކޮށް، ޓީމްގެ އުއްމީދަކީ ތަށި ކާމިޔާބުކުރުން ކަމަށް ކޯޗް މުހައްމަދު ޝިޔާޒު ވިދާޅުވިއެވެ.

ފާއިތުވި 23 އަހަރުވެސް ސްރީލަންކާއަށް ރާއްޖެ އަތުން މޮޅެއް ނުވެވެއެވެ. ނަމަވެސް ރާއްޖޭގެ ގައުމީ ޓީމަށްވެސް މޮޅެއް މިހޯދުނީ ފަސް މެޗަށްފަހު އެވެ. ރާއްޖޭގެ ފުޓްބޯޅަ އޮތީ އުނދަގޫ ހާލަތެއްގައެވެ. އުނދަގޫ ހާލަތުގައި އޮވެ ލަންކާ އަތުން ހޯދި މޮޅަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ދެކި އުފާފާޅުކުރުންވެސް ބޮޑެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow