އަމީނީ މަގު ސެގްމަންޓް 3: މަގުމަތީގެ ނިޝާންތައް ކުރެހުން ނިމުމާ ގާތަށް

އަމީނީ މަގު ސެގްމަންޓް 3: މަގުމަތީގެ ނިޝާންތައް ކުރެހުން ނިމުމާ ގާތަށް

49 minutes ago - 21:31
Advertisement
Advertisement

މާލޭގެ އަމީނީ މަގު މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން، ސެގްމަންޓް 3 ގައި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ނިމުމާ ގާތަށް ގޮސްފައިވާ ކަމަށް ދިވެހިރާއްޖޭގެ ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ. މި ކުރިއެރުމާއެކު، މި ސެގްމަންޓު އާންމު ދަތުރުފަތުރަށް ހުޅުވާލުމަށްޓަކައި ކުރެވޭ މަސައްކަތަށް މުހިންމު ބާރެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.


އެމްޓީސީސީން މިއަދު ދެންނެވި ގޮތުގައި، އަމީނީމަގު މަރާމާތުކުރުމުގެ މަޝްރޫއުގެ ތިންވަނަ ސެގްމެންޓްގެ މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް މިހާރު ވަނީ އެންމެ ފަހުގެ މަރުހަލާގައެވެ. މީގެއިތުރުން، މި ސެގްމަންޓްގައި ހިމެނޭ ޖަންކްޝަންތަކުގެ ކޮންކްރީޓް މަސައްކަތްތައް ވެސް މިހާރު ވަނީ ނިމުމަކާ ގާތަށް ގޮސްފައެވެ.


އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ 3 ވަނަ ސެގްމަންޓުގައި ހިމެނެނީ ޢިއްޒުއްދީން މަގާ ހަމައިން ފެށިގެން އިސްކަންދަރު ކޮށްޓާއި ހަމައަށް އޮންނަ ސަރަޙައްދެވެ.


އެމްޓީސީސީއިން ބުނި ގޮތުގައި، ސެގްމަންޓު 3 ގެ މަސައްކަތުގެ ތެރޭގައި 1924.77 އަކަމީޓަރުގެ ސަރަޙައްދެއްގައި ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު އަލުން އޭބީސީއާއި ތާރުއެޅުމާއި އަދި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ހިމެނެއެވެ.


އަމީނީ މަގުގައި ހަލާކުވެފައިވާ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ކުރިއަށްގެންގޮސްފައިވަނީ ސެގްމަންޓް 1 ގެ ގޮތުގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފަށައިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަޙައްދާއި، ސެގްމަންޓް 2ގެ ގޮތުގައި، ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ ހަތަރުއަނގޮޅި ކަންމައްޗެވެ.
ސެގްމަންޓު 3 ގެ މަސައްކަތް ނިމުމުން، ސެގްމަންޓް 4 ގެ މަސައްކަތްވެސް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އިސްކަންދަރު ކޮށިން ފެށިގެން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާއި ހަމައަށް ހިމެނޭ ސަރަޙައްދެވެ. ސެގްމަންޓް 4 ގެ މަސައްކަތުގެ ތެރޭގައި 1148.91 އަކަމީޓަރުގެ ސަރަޙައްދެއްގައި ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު އަލުން އޭބީސީއާއި ތާރު އެޅުމާއި އަދި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ހިމެނޭނެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement